ކުޅުދުއްފުށީ ޕޮލިހަށް ތުހުމަތެއްގައި ގެންދިޔަ ދެމީހަކަށް ވަރަށް ވަރަށް ބޮޑަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިތުބާރުހުރި މަސްދަރަކުން މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ފުލުހުން މި ދެ މީހުން ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ޕޮލިސް އިންޓެލިޖެންސްގައި މަސައްކަތްތަކުރާ ފުލުހެއްގެ ސައިކަލެއްގެ މަޑީގައި ކަޓަރުއެޅި މައްސަލައެއްގެ ތުހުމަތުގައެވެ.ެ
މި ދެމީހުނަށް ކުޅުފުއްފުށީ ޕޮލިސް ސްޓޭޝަނުގެ ތެރޭގައި ފުލުހުން އަނިޔާކުރި މައްސަލައިގައި މިނޫހުން ފުލުހުންނާ ސުވާލުކުރުމުން ވިދާޅުވީ، 2019 ނޮވެމްބަރު 29 ވަނަ ދުވަހު ދެ ފުލުހަކަށް ބިރުދައްކާ، އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ފުލުހުން އެވިދާޅުވާ 25 އަހަރުގެ ޒުވާނަކީ ހދ. ކުޅުދުއްފުށީ އަންދަރުސަވާ، އަޙްމަދު ޙުސައިން އެވެ. ނަމަވެސް ފުލުހުން ކުރާ ތުހުމަތު އޭނާ ވަނީ ދޮގުކޮށްފައެވެ. އެ މައްސަލައިގައި ދެން ހައްޔަރުކުރި ޢަލީ އަބޫބަކުރު އާއިގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.
"25 އަހަރުގެ ޒުވާނާ ހައްޔަރުކޮށް ވެއްދިއިރު އެއްވެސް އަނިޔާއެއް ހުރިކަމަށް މަޢުލޫމާތު ލިބިފައެއް ނުވޭ. ނަމަވެސް ޑިސެމްބަރު 6 ވަނަ ދުވަހު އޭނާ ރޯގާޖެހި ބަލިވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އިނގިލީގައިވެސް ރިއްސާކަމަށް ބުނާތީ، އެކްސްރޭ ނެގިއިރު ކަނާތު އިނގިއްޔެއްގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވޭ." ފުލުހުން މިނޫހަށް ވިދާޅުވިއެވެ.

އަނިޔާލިބުނު އަޙްމަދު ޙުސައިން (ޢަންދަރޭ) ގެ އާއިލާއިން މިނޫހަށް ވިދާޅުވީ، އޭނާއަށް އަނިޔާކޮށްފައިވަނީ ހައްޔަރުކޮށްގެން ގެންގޮސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ އިދާރީ ކަންކަމަށް ބޭނުންކުރާ ތަނެއްގެ ތެރޭގައި ބަހައްޓައިގެން ތިން ފުލުހަކު ކަމަށެވެ.
ފުރަތަމަ އައި ފުލުސް މީހާ އޭނާގެ ފައިގައި ބޫޓުން ތަޅާ އަނިޔާކުރި ކަމަށާއި، ދެން އައި ދެ ފުލުހަކު އޭނާއަށް އިތުރަށް އަނިޔާކުރި ކަމަށް އާއިލާއިން ބުނެއެވެ. ބިޑި އަޅުވައިގެން އަނިޔާކުރަން ފެށުމުން ސަލާމަތްވާން އުޅުމުގެ ތެރޭގައި އަތަށް ބޮޑަށް އަނިޔާވީ ކަމަށާއި، އެގޮތަށް އަނިޔާކުރިއިރު އެ މަންޒަރު ފެންނަ ހިސާބުގައި ޑިއުޓީ ފުލުހަކުވެސް ހުރިކަމަށް އާއިލާއިން މިނޫހަށް ބުނެފައިވެއެވެ.

މި ތުހުމަތުގައި އެދުވަހު އެރަށުން ހައްޔަރުކުރި ދެވަނަ ޒުވާނާގެ އާއިލާއިން މިނޫހަށް ބުނީ، އާއިލީ ބައްދަލުވުމަށް ދިއުމުން ފުލުހުން ވަރަށް ބޮޑަށް އަނިޔާކުރިކަމަށް އެ ޒުވާނާވެސް ބުނެފައިވާ ކަމަށެވެ. އެގޮތުން ކޮނޑުހުޅުން ނެއްޓިފައިވާހެން ހީވާކަމަށް ބުނުމުންވެސް ހަމައެކަނި ދިން ފަރުވާއަކީ ގަނޑުފެން ގަނޑެއް ދިނުން ކަމަށް އެ ޒުވާނާގެ އާއިލާއިން މިނޫހަށް ބުނެފައިވެއެވެ.
ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އަނިޔާކުރި މައްސަލަ ހޫނުވުމުން ފުލުހުން ވަނީ 25 އަހަރުގެ ޒުވާނާ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި އަނެއް ޒުވާނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.
"މި އަނިޔާ އޭނާއަށް ލިބިފައިވަނީ ކިހިނެތްތޯ ބެލުމަށް ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން." ފުލުހުން ވިދާޅުވިއެވެ.
އަނިޔާ ލިބުނު ޒުވާނާގެ އާއިލާއަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑްސްގެ ނަންބަރު ހިއްސާކުރުމަށްފަހު ކުރިއަށް ދާނެގޮތް ކިޔައިދީފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ސްޓޭޝަނުގެ ތެރޭގައި އަނިޔާކޮށްފައިވަނީ ޒާތީ ހަސަދައެއް ފިލުވާލުމަށް ކަމަށް އަނިޔާލިބުނު 25 އަހަރުގެ ޒުވާނާގެ އާއިލާއިން ބުނެފައިވާއިރު، އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.
އޭނާގެ އަތަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް މާދަމާގެ ވަގުތެއްގައި މާލެ ގެންދިއުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އާއިލާއިން މިނޫހަށް މަޢުލޫމާތު ދެއްވިއެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ތެރޭގައި އަނިޔާވި ދެވަނަ ޒުވާނާ ފުލުހުންގެ ބަންދުގައި އަދިވެސް ބަހައްޓާފައިވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.





9 Responses
ކުޅުދުއްފުށި ރައްޔިތުން ތިބީ ފުލިހުންނާ އެ ކު ޕާޓޭން ހޭ އަރާ ތިބޭތި
ތިޔާ މީހުން ގެ ހަގީގަތް ނޭންގޭ ރައްޔިޔެއް ހދ އަތޮޅުގައި ވެސް މަދު ވާނެ. މުޅި އަތޮޅަށް މަސްތުވާ އެއްޗެހި ސަޕްލައި ކޮށްގެން ކައިގެން ބޮއިގެން އުޅޭއިރު މައްސަލަ އެއް ނޫންދޯ. ކޮބާ މިބައި މީހުންގެ ފަރާތުން އެހެން މީހުންނަށް ލިބޭ އަނިޔާ. އައި ސެލިއުޓް ޕޮލިސް
ކުޅުއްދުއްފުށި ދުނބުމާގެ ހަކުރުވިއް ކާ ޢަލީ އަ ކީ ބޮޓެއް އައްބެ އަ ކީ ހިތުން ދާދާ އޯ އެ ކަމަ ކު ސުމެއްގެ މީހެއް އެޢީ . އިސްލާހް ވޭ ނޫނީ ކިރިން ރަޔިތުން ނު ކުމެ އެޅިގާ ބޮލައް ބިންދިހެން ބިންދަފާނެ
ތިމާ މަސްތުވާ އެއްޗެސް ވިއް ކައިގެން އެހެން މީހުންނަށް ލިބޭ އަނިޔާ ކޮބާތަ. ކުއްވެރިން ގެ ހައްގު ބާ އޮންނަނީ
ބުނާނެ އެއްޗެއް ނެތް ތިޔަ ދެމީހުން ގެ ހަގީގަތް ކުޅުދުއްފުށި ރައްޔިތުންނަށް އެނގޭނެ.
މައުލޫމާތު ލިބޭގޮތުގަ ހަކުރު ނުވިއްކިގެން ފުލުންގެ އާޢިލާއަށް ބިރުވެސް ދެއްކި ކަމައްވަނީ
aniyaa kurun ragaleh noon ekamaku meehunege mudalah gehlun dee aniyaakurun ok valhi jehun ok fuluhun mahsala balannaa kada fuluhun talaa maranee varah majaa dw fuluhah gen diyairu libifa aniyaaeh otas aee fuluhun kuri kameh
Police thi masala bandhu 2 vana meeha ves dhookolaifi mihaaru.
ތިއަނިޔާކުރި ފުލުހުންގެ ނަންތައްވެސް ޖަހާލަން ފެނޭ