ޕީޕީއެމް އިން ހުޅުމާލޭގައި ބޭއްވި ހިނހގާލުމެއްގެ ތެރެއިން - ފޮޓޯ: ވިސާމް

ޕީޕީއެމް ޓިކެޓްގައި ލޯކަލް ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާއިފި

2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

https://twitter.com/SpokespersonPnc/status/1205474336770940928?s=20

ޕީޕީއެމްއިން މިއަދު ނެރުނު އިޢުލާނެއްގައި ވިދާޅުވީ، 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުޞަތު މިއަދު ހުޅުވާލާކަމަށާއި، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، "ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލުމަށް އެދޭފޯމް" ފުރިހަމަކުރެއްވުމަށްފަހު ޕީޕީއެމް އޮފީސް، ހ.ހުރަފައަށް ނުވަތަ [email protected] ހުށައެޅުންވުން އެދޭކަމަށެވެ.

ފޯމު ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ 7 ޖެނުއަރީ 2020 ވަނަ ދުވަހުގެ ރޭ 22:00 ކަމަށްވެސް މިއިޢުލާނުގައިވެއެވެ.

މީގެއިތުރުން ޕީޕީއެމްއިން ވިދާޅުވީ، "ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލުމަށް އެދޭފޯމް" ޕީޕީއެމްގެ ސޯޝަލް
މީޑިއާ (ޓުވިޓަރ / ފޭސްބުކް) އަދި ޕީޕީއެމް އޮފީސް، ހ.ހުރަފައިން ލިބެން ހުންނާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ