ވަގަށް ނަގާފައިވާ މޯބައިލް ފޯނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ މޯބައިލް ފޯނުތަކަކާއެކު ފުލުހުން ރޭ މީހަކު ހައްޔަރުކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ 04:00 އެހާކަންހާއިރު، މާފަންނު ޕޮލިސް އިން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، މަޖީދީމަގުން ދިޔަ މީހެއްގެ އަމަލުތައް ހުރި ގޮތުން އެމީހާ ހުއްޓުވައި ބަލާ ފާސްކުރުމުންނެވެ.

ފުލުހުން ވިދާޅުވެފައިވަނި އެމީހާ ފާސްކުރި އިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ 3 މޯބައިލް ފޯނާއި ކަށިގަނޑެއް އެމީހާ އަތުން ފެނިފައިވާކާއި އަދި އެއީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ވައްކަމާއި ފޭރުމުގެ އަމަލުތަކަކީ އެންމެ ގިނައިން ފުލުހުންނަށް ހުށައެޅޭ އެއް މައްސަލައެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ