ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި - ފޮޓޯ: ފުލުހު

ލަންދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ހޯދައިފި

ނ. ލަންދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ.

ނ. ލަންދޫ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ފިހާރައަށްވަދެ އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި ސިނގިރޭޓް ކާޓުންތަކެއް ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު 06:40 އެހާކަންހާއިރުއެވެ.

ފުލުހުން ވިދާޅުވީ، އެއިދާރާއަށް ހުށަހެޅުނު މިމައްސަލައާ ގުޅިގެން ލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މިޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެރަށުގެ ވަލުތެރެ ބަލައިފާސްކުރިއިރު، ވަލުތެރޭގައި ފޮރުވާފައި ހުރި 11،600 ރުފިޔާ އާއި ތިން ކާޓޫން ސިނގިރޭޓާއި 13 ސިނގިރޭޓް  ފޮށި ފެނިފައިވާކަމަށެވެ.

އަދި ޑިސެމްބަރު 18 ވަނަ ދުވަހުގެ 11:47 ހާއިރު އެރަށު މާބަދިގޭ ސަރަޙައްދު ބަލައިފާސްކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާ ތިޖޫރީ ހަލާކުކޮށްލާފައި އެއްލާލާފައި އޮއްވާ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މިމައްސަލަ ލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ