2018 ވަނަ އަހަރު ޖޯން ކްރަސިންސްކީގެ ޑައިރެކްޝަންގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ކާމިޔާބު ބިރުވެރި ފިލްމް “އަ ކުއައިޓް ޕްލޭސް” އަކީ އެ އަހަރު އެންމެ ގިނަ ބަޔަކު އެ ފިލްމަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ސައިސް ފިކްޝަން ބިރުވެރި ފިލްމެވެ. އަދި މި ފިލްމްގެ ދެވަނަބައެއް ގެނެސްދިނުމުގެ މަސައްކަތް ފެށައިފިކަން އިއުލާންކުރި ހިސާބުން ބެލުންތެރިން ހުރީ ފިލްމް ރިލީޒްވާނެ ތާރީޙެއްގެ އިންތިޒާރުގައެވެ. އެންމެ ފަހުން ޓީމުން މިވަނީ ފިލްމް ރިލީޒްވާނެ ތާރީޙް އިއުލާންކޮށްފައެވެ.
އަ ކުވައިޓް ޕްލޭސްގެ ދެވަނަބައިގެ ފުރަތަމަ ޕޯސްޓަރާއެކު ފިލްމް ދެން އަންނައަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވެހި ރިލީޒްކުރާނެކަން ފިލްމްގެ ޓީމުން ދާދިފަހަކުން ވަނީ އިއުލާންކޮށްފައިފައެވެ.
މިފަހަރުގެ ފިލްމްގެ ވާހަކަވެސް ގެނެސްދޭނީ ފިލްމްގެ ފުރަތަމަ ބައި ނިއްމާލި ހިސާބުން ދެންވާނެ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ. އަދި ފިލްމްގެ ދެވަނަ ބައިގައިވެސް ހަރަކާތްތެރިވާނީ، ފުރަތަމަބައިގައި ފެނިގެންދިޔަ އެކްޓަރުންނެވެ.
މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން މި ފިލްމުގެ ލީޑް އެކްޓަރެއްގެ ރޯލު ޖޯން ކްރަސިންސްކީ އަދާކޮށްފައިވާއިރު، ފިލްމުގައި ދެން ފިނިގެންދަނީ އޭނަގެ އަންހެނުން އެމިލީ ބްލަންޓެވެ. މި ފިލްމުގައި ވެސް ދެމީހުން އަދާކޮށްފައިވަނީ ދެމަފިރިންގެ ރޯލެވެ. މީގެ އިތުރުން ދެން ފިލްމްގައި ފެނިގެންދަނީ މި ދެމެފިރިންގެ ތިން ދަރިންނެވެ. ނަމަވެސް ތިން ކުދިންގެ ތެރެއިން އެންމެ ހަގުދަރިފުޅު ފިލްމް ފެށޭ ހިސާބުން މަރުވެއެވެ.
ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، އިންސާނުން ނޫން، އާދަޔާ ހިލާފު ލޮލަށް ނުފެއްނަ ނަމަވެސް އަޑުއިވުމުގެ ބާރު އާދަޔާ ހިލާފަށް ގަދަ އެއްޗެހިތަކެއް ދުނިޔެއަށް ވެރިވެގަނެގެން، އިންސާނުންގެ އަދި ޖަނަވާރުން އާބާދީގެ ބޮޑު ބައެއް ނައްތާލައިފައިވާ މި ދުނިޔޭގައި އާއިލާއަކު ދިރިހުރުމަށް ކުރާ މަސައްކަތެވެ. ކިތަންމެ ކުޑަ އަޑެއް އިވުނުކަމުގައިވިޔަސް އޭއްޗެހި އައިސް ހަމަލާދެއެވެ.
އެގޮތުން 3 ކުދިންގެ ތެރެއިން އެންމެ ހަގު ފިރިހެން ދަރިފުޅު ގެންގުޅޭ ކުޅޭ އެއްޗެއްގެ ސްވިޗް އޮން ކުރުމާއެކު އޭގެން ގޮވާ އަޑުގެ ސަބަބުން މި ގޮތް ނޭނގޭ އެތި އައިސް ދަރިފުޅު ޖަހައިގަނެގެން ގެންދާ މަންޒަރަކީ، ނޭވާ ހިފަހައްޓާލަން މަޖުބޫރުވާނެ މަންޒަރެކެވެ. އަދި ފިލްމް ނިމިގެންދަނީ، މި ގޮތް ނޭނގޭ އެތީގެ ބަލިފައި އަދި އޭތި މަރާލާނެ ގޮތް ދެނެގަނެވޭ ހިސާބުންނެވެ.
މި ފިލްމް ތަފާތުވާ އެންމެ ބޮޑު އެއްސަބަބަކީ، ފިލްމް ފެށިގެން ނިމޭއިރު، ފިލްމްގެ އެއްވެސް ކެރެކްޓަރއެއްގެ ދެމެދުގައި އަނގަބަހުން އެއްވެސް ވާހަކައެއް ނުދައްކާކަމަމެވެ. މި ފިލްމްގައި މި އާއިލާ މުއާމަލާތް ކުރަނީ އިޝާރާތުންނެވެ.



