ފިހާރައެއް ފަޅާލާ، އިތުރު ފިހާރައެއް ފަޅާލަން މަސައްކަތް ކޮށްފި

ރޭ މާލޭގައި ފިހާރައެއް ފަޅާލާ އިތުރު ފިހާރައެއް ފަޅާލަން މަސައްކަތް ކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ރޭ ފާށަނާކިލެގެ މަގުގައި ހުރި ފިހާރަތަކަކަށް ގެއްލުން ދީފައިވާ މައްސަލައެއް މިއަދު 09:37 އެހާކަންހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި އެ މަގުގައި ހުރި ފިހާރައެއް ފަޅާލާ އިތުރު ފިހާރައެއްގެ ތަޅަށް ގެއްލުން ދީފައިވާކަމަށެވެ. ނަމަވެސް އެއީ ކޮންނަމެއް ކިޔާ ފިހާރައެއްކަމެއް އަދި ފާޅާލި ފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ ތަފްޞީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ދަނީ އެ ސަހަރައްދުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިވާކަމެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ