ވަގަށް ނަގާފައިވާ ސައިކަލެއް ފުލުހުން ހޯދައިފި

ވަގަށް ނަގައިފައިވާ ސައިކަލެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 06:22 ހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް ސީރާޒީ ގޯޅިތެރޭގައި ސައިކަލެއް އޮން ކޮށްފައި ތަޅުދަނޑި ޖަހާފައި ހުރުމުން، ސައިކަލުގެ ވެރިފަރާތް ހޯދައި ގުޅުމުން ވެރިފަރާތުން ބުނެފައިވަނީ ސައިކަލް ޕާކް ކުރީ އާރޓިފިޝަލް ބީޗްގައި ކަމަށެވެ.

އެހެންކަމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭތީ ފުލުހުން ސައިކަލް ޓޯވކޮށް ވެރިފަރާތާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ