އިސްލާމް ދީނަށާއި ނަބިއްޔާއަށް ފުރައްސާރަ ކޮށް ބަޔާން ނެރުނު މައްސަލާގައި އެވާލައިފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން އެފަރާތުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެ ކަމަށް ބުނުމަކީ ޤާނޫނަށް ގޮންޖެހުން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިާޅުވެއްޖެއެވެ.
އެމްޑީއެން އުވާލައިފައިވާކަން ޔޫތް މިނިސްޓްރީން ހާމަކޮށްފައިވަނީ ޑިސެންބަރު 19 ވަނަ ދުވަހުއެވެ. އެ ޖަމިއްޔާ އުވާލައިފައިވަނީ އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ނެރެފައިވާ ބަޔާނުގެ މަސައްލަ ބޮޑުވެ ގިނަބަޔަކު އެ ޖަމިއްޔާ އުވާލުމަށް ގޮވާލުމާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ސަރުކާރުން ނިންމިތާ 44 ދުވަސް ފަހުންނެވެ.
ނަމަވެސް އެ ޖަމިއްޔާ އުވާލިކަން ޔޫތް މިނިސްޓްރީން އިޢުލާން ކޮށްފައި ވަނިކޮށް ޖެހިގެން އައި ދުވަހު ޑިސެންބަރު 20 ވަނަ ދުވަހު އެ ޖަމިއްޔާ އިން ވަނީ އެކަމާއި ދެކޮޅަށް ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާޏުގައި އެޖަމިއްޔާއިން ބުނެފައިވަނީ އެ ޖަމިއްޔާ އުވާލާފައ ވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި ރިޔަށް އޮތް ތަނުގައިވެސް އެ ޖަމިއްޔާގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
މި ކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު ކުރީގެ ނައިބު ރައީސް ޑރ. ޖަމީލްވެސް ވަނީ މިކަމަށް ބަސްފުޅު ވިދާޅުވެފައެވެ. އެގޮތުން ޖަމީލް ވިދާޅުވެފައި ވަނީ އުވާލާފައިވާ ޖަމްޢިއްޔާއަކުން ފާޅުގައި ގޮންޖަހައި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނުމަކީ ޤާނޫނަށް ގޮންޖެހުންކަމަށާއި، މިކަމާ ލޯމަރައިގެން ތިބެފިނަމަ މިއީ ޤާނޫނުގެ ބާރު ކެނޑިގެންދާނެ ކަމެއްކަމަށެވެ.
ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ މަޞްލަޙަތު އެއްކިބާކުރުމަށް ފަހު މިކަމުގައި ޕީޖީގެ ބަހެއް ރައްޔިތުންނަށް މުޙިންމު ކަމަށެވެ.
އުވާލާފައިވާ އެމްޑީއެން އިން އެކަން ޤަބޫލު ނުކުރާނެ ކަމަށް ބުނެ ނެރެފައިވާ ބަޔާނަށް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.



