ބޮޑު އިސްކަމެއް ދީގެން ހިލޭ ޖެހުން މިހާރަކަށް އައިސް ފަރިތަކުރަމުން ދާކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
މެސީއަކީ މިހާރުވެސް ނުރައްކާތެރި ހިލޭ ޖެހުން ޖެހުމުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިއެކެވެ. އެގޮތުން ހިލޭ ޖެހުމުން މޮޅެތި އެތަށް ގޯލްތަކެއް އޭނާ ކާމިޔާބުކޮށްފައިވެއެވެ.
"އަހަރެން ހިލޭ ޖެހުން ގިނައިން ފަރިތަކުރަން މިހާރު." މެސީ ބުންޏެވެ.
މީގެއިތުރުން މެސީ ބުނީ ހިލޭ ޖެހުން ޖެހުމުގެ ކުރިން ކީޕަރު ފަރާތަކަށް ދޭތޯ އޭނާ މިހާރު ބަލާކަމަށާއި، ވޯލް އަތުރާފައި ހުންނަ ގޮތްވެސް ބަލާކަމަށެވެ.
ބާސެލޯނާއާއެކު އެތަށް ކާމިޔާބީއެއް ހޯދާފައިވާ މެސީވަނީ އިންޑިވިޖުއަލް އެތަށް ޓްރޮފީއެއްވެސް އުފުލާލާފައެވެ. އަދި ކެރިއަރުގައި ކާމިޔާބުކުރި ހަވަނަ ބެލޮންޑިއޯވެސް ދާދިފަހުން އޭނާއަށް ލިބިފައިވާއިރު، މެސީ ފާހަގަ ކޮށްލެވެނީ ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ. ވޭތުވެދިޔަ 9 އަހަރުގެ ތެރެއިން 8 އަހަރެއްގައި މެސީވަނީ 50 އަދި އެއަށްވުރެ އިތުރަށް ޤައުމީ ޓީމަށާއި ކްލަބަށް ލަނޑު ކާމިޔާބުކޮށްދީފައެވެ.
Lionel Messi has hit 50+ goals for 8 of the last 9 years ? pic.twitter.com/H4WxNCUXuL
— B/R Football (@brfootball) December 16, 2018
މިހުރިހާ އެވޯޑުތަކުންވެސް މެސީއަށް އެންމެ ކަމުދާކަމަށް ބުނެފައިވަނީ ސްޕެނިޝް ލަލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އެވޯޑެވެ. ސްޕެއިންގައި ލަލީގާއަކީ ކިހާ މުހިންމު ލީގަކަށްވާއިރު، ލަލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށް މެސީ ބުންޏެވެ.
2004 ވަނަ އަހަރު ލަލީގާގައި ކުޅެންފެށި މެސީ މިހާތަނަށް އެލީގުގައި ކާމިޔާބުކޮށްދިން 432 ލަނޑާއެކު ލަލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ލިސްޓްގެ އެއްވަނާގައި އޮތްއިރު، 6 ސީޒަނެއްގައި މެސީވަނީ ލަލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.





ހިޔާލު
Evves ottareh neh liumeh. Liyuntheriyaa ge maulomaathu varah dhakkan faahaga kurevey