ހުޅުމާލޭ ޔޫރޯ ސްޓޯރްގެ ގުދަން ފަޅާލައި ރެޑްބުލް އާއި ސިގިރޭޓް ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭ އަހިގަސް މަގުގައި ހުންނަ ޔޫރޯ ސްޓޯރ ފިހާރައިގެ ގުދަން ފަޅާލައިގެން ވައްކަށްކޮށްފައިވާކަމުގެ މަޢުލޫމާތު މިއަދުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، އެތަނުން ގިނަ އަދަދެއްގެ ރެޑްބުލްއާއި ސިނިގިރޭޓްވަގަށް ނަގާފައިވާކަމަށެވެ. އަދި ވަގަށް ނަގާފައިވާ މުދަލުގެ ތަފްޞީލެއް ފުލުހުން ދެއްވާފައިނުވިނަމަވެސް، ވަގަށް ނަގާފައިވާ 4 ކޭސް ރެޑްބުލް ފުލުހުން މިހާރު ހޯދާފައިވާކަމަށްވެސްވަނީ ވިދާޅުވެފައެވެ.
މިމައްސަލާގައި އެއްވެސް ފަރާތެއް ޙައްޔަރުކުރިކަމެށް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިމައްސަލަދަނީ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




ހިޔާލު
ތި ވާނީ މާދަމާ ރެއަށް ތައްޔާރު ވާ ކުދިންކޮޅަކަށް ?