ސާބިތުކޮށްދޭންޖެހޭ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނޯންނާނެ: ރޮނާލްޑޯ

ސާބިތުކޮށްދޭންޖެހޭ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނޯންނާނެކަމަށް ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ ކެރިއަރުގައި އެތަށް ރެކޯޑުތަކަކެއް މުގުރާލާފައިވާއިރު، ތަފާތު ކްލަބުތަކާއެކު އޭނާވަނީ ގިނަ ޓްރޮފީތަކެއްވެސް އުފުލާލާފައެވެ.

ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ 'ގްލޯބް ސޮކަރ އެވޯޑް' އިވެންޓްގައި ވާހަކަ ދައްކަމުން ބުނީ، ފުޓްބޯޅައިގެ ޙަޔާތުގައި އެތައް ކާމިޔާބީއެއް މިހާރު ހޯދިއްޖެކަމަށާއި، މިއީ އަމިއްލަ ދިރިއުޅުމާއިގެން އަމިއްލަ ހިތްހަމަޖެހުމަށް މަސައްކަތްކުރަންވީ ވަގުތުކަމަށެވެ.

މީގެއިތުރުން ރޮނާލްޑޯ ބުނީ، އޭނާ ދިޔަ ކޮންމެ ލީގެއްގައިވެސް ކާމިޔާބު ހޯދާފައިވަނީ އިއްތިފާޤުން ނޫންކަމަށާއި، ނަމަވެސް ޗެމްޕިއަންއަކަށް މީހާ ވުމުން އަބަދުވެސް މޮޅުވަމުން އަންނާނެކަމަށެވެ.

ކޮންމެކަމެއްވެސް ކާމިޔާބުވާނީ ބުރަ މަސައްކަތުންނާއި އެކަމަށް އޮންނަ ޝައުޤުވެރިކަމެއްގެ ސަބަބުންކަމަށްވެސް ރޮނާލްޑޯވަނީ ބުނެފައެވެ.

"ހުރިހާކަމަށްވެސް ވަގުތުވާނެ. ދުވަހެއްގައި ޖުމްލަ 24 ގައިޑިއުރު އޮންނައިރު، ޓްރެއިންކޮށް އަރާމު ކުރުމަށްފަހު، އާޢިލާއާއި ރަޙްމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށް، އަމިއްލަ ހިތްހަމަޖެހުމަށް މަސައްކަތް ކުރާނެ ވަގުތުވާނެ." ރޮނާލްޑޯ ބުންޏެވެ.

މީގެއިތުރުން ރޮނާލްޑޯ ބުނީ ހުރިހާ އެއްވެސް އެއްޗަކީ ޓްރެއިނިންގ ނޫންކަމަށާއި، ނަމަވެސް ހުރިހާކަމަކަށްވެސް ވަގުތު ހޯދަންޖެހޭ ކަމަށެވެ.

ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރު ނިމުނަކަށް އަންނަކައިރިވެއްޖެކަމަށް އިޝާރާތްކުރަމުން ރޮނާލްޑޯ ބުނީ، ފުޓްބޯޅައަށްފަހުވެސް ދިރިއުޅުމެއް އެބައޮތްކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމަށް އިނގިރޭސި ބަހަށް ފަރިތަވާން ބޭނުންވާކަމަށް ރޮނާލްޑޯ ބުނެފައިވާއިރު، ހޮލީވުޑްގައި ފިލްމެއް ހެދުމުގެ ޝައުޤުވެރިކަން ހުރިކަމަށްވެސް އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ