ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު އެމްޑީޕީއިން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު އެމްޑީޕީއިން ހުޅުވާލައިފިއެވެ.

އެމްޑީޕީއިން މިއަދު ނެރުނު އިޢުލާނެއްގައި ވިދާޅުވީ، 2020 ވަނަ އަހަރުގެ ލޯކަލްކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމެރީ މިއަދުން ފެށިގެން ހުޅުވާލާކަމަށެވެ.

އެމްޑީޕީއިން ވިދާޅުވީ، ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް 10 ޖެނުވަރީ 2020 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ހުށައެޅުއްވުމަށެވެ.

"ލޯކަލް ކައުންސިލް އިންތިޚާބު މަގާމުތަކަށް ކުރިމަތިލުމާއި ވޯޓްލެވޭނީ ކުރިންވެސް އިއުލާން ކޮށްފައިވާފަދައިން 31 ޑިސެންބަރު 2019 ވާ (އަންގާރަ) ދުވަހުގެ 2:00 ނިޔަލަށް މި ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މިޕާޓީގެ މެންބަރުންނަށް." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މިޕްރައިމަރީގައި ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެކަމުގައިވެސް އެޕާޓީއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ