ސްކައި ސްޕޯޓްސްގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓްގައި މެސީއަށްވުރެ ރޮނާލްޑޯ ކުރީގައި

ސްކައި ސްޕޯޓްސްއިން ނެރުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓްގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށްވުރެ ކުރީގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނިއްޖެއެވެ.

ވޭތިވެދިޔަ 10 އަހަރުގެ އެންމެ މޮޅެތި ކުޅުންތެރިންގެ ގަދަ 20 ކުޅުންތެރިން ސްކައި ސްޕޯޓްސްއިން އާންމުކޮށްފައިވާއިރު، އެލިސްޓުން ރޮނާލްޑޯއަށް ލިބެނީ ތިންވަނައެވެ. އަދި ވާދަވެރި މެސީ އޮތީ ރޮނާލްޑޯގެ ފަހަތުން ތާވަލްގެ ހަތަރު ވަނާގައެވެ.

މިލިސްޓްގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްއަށް ލިބޭއިރު، ދެވަނާގައި އޮތީ ފޯމިއުލާ 1 ގެ ލެވިސް ހަމިލްޓަންއެވެ.

މިލިސްޓްގައި 3 ފުޓްބޯޅަ ކުޅުންތެރިން ހިމެނިފައިވާއިރު، ލިސްޓްގައި ދެން ހިމެނެނީ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ މާތާއެވެ. މާތާއަށް މިލިސްޓުން ލިބިފަވަނީ 16 ވަނައެވެ. މިއަހަރު ކުރިއަށްދިޔަ އަންހެނުންގެ ވޯލްޑްކަޕުގައި މާތާވަނީ އޭނާ ވޯލްޑްކަޕްގައި ޖެހި ލަނޑުގެ އަދަދު 17 އަށް އަރުވައި، ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ ޝަރަފުވެސް ހޯދާފައެވެ.

މީގެއިތުރުން އެންމެ ފާހަގަކޮށްލެވެނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފޭލް ނަޑާލްއަށް މިލިސްޓުން ޖާގައެއް ލިބިފައި ނެތުމުންނެވެ.

(ސްކައި ސްޕޯޓްސް) ވޭތިވެދިޔަ 10 އަހަރުގެ އެންމެ މޮޅު 20 ކުޅުންތެރިން:

  • 1- ސެރީނާ ވިލިއަމްސް (ޓެނިސް)
  • 2- ލެވިސް ހަމިލްޓަން (ފޯމިއުލާ 1)
  • 3- ކްރިސްޓިއާނޯ ރޮނާލްޑޯ (ފުޓްބޯޅަ)
  • 4- ލިއޮނަލް މެސީ (ފުޓްބޯޅަ)
  • 5- ފްލޮއިޑް މޭވެދާރ (ބޮކްސިންގ)
  • 6- ނޯވާކް ޖޯކާވިޗް (ޓެނިސް)
  • 7- އުސެއިން ބޮލްޓް (އެތުލެޓިކްސް)
  • 8- ޓޮމް ބްރެޑީ (އެންއެފްއެލް)
  • 9- ލެބްރޮން ޖޭމްސް (އެންބީއޭ)
  • 10- ސިމޯން ބައިލްސް (ޖިމްނާސްޓިކް)
  • 11- މައިކަލް ފެލްސް (ސްވިމިންގ)
  • 12- ކެޓީ ޓެއިލާ (ބޮކްސިން)
  • 13- ރިޗީ މެކޯ (ރަގްބީ)
  • 14- ކްރިސް ފްރޫމް (ސައިކްލިންގ)
  • 15- މައިކަލް ވެންގާވެން (ޑާޓްސް)
  • 16- މާތާ (ފުޓްބޯޅަ)
  • 17- ރޮންޑާ ރޯސީ (ޔޫއެފްސީ)
  • 18- ވިރާތު ކޯލީ (ކްރިކެޓް)
  • 19- އެލީސަން ފެލިކްސް (އެތުލެޓިކްސް)
  • 20- ރޯރީ މެކްލްރޯއީ (ގޯލްފް)
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ރަން

    ތި ކިޔަން އެނގޭގޮތައް ނޫސް އަޕްޑޭޓްކޮށް ބަލަ…ހަމަ ކަކުނި އަރާފަ..

  2. ހާދިއޯ

    އެންމެން މޮޅު ކުޅުންތެރިން ހޮވަނީ ސަލާމަތެއް ނެއް އެންމެ މޮޅުމީހާ އޮޅިއްޖެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ