"އެޖެންޑާ19" މިނަމަށް ނުރަނގު އަސަރުކުރާކަމަށްބުނެ ފުލުހުންގެ "ނިމޭ19" އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީއިން ގޮވާލައިފިއެވެ.
އެމްޑީޕީއިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ، "އެޖެންޑާ19" މިނަމަކީ އެޕާޓީން ނުހަނު ބުރަ މަސައްކަތުން ރައްޔިތުންގެ މަޤްބޫލުކަން ހޯދާފައިވާ ނަމެއްކަމަށާއި، އަދި "އެޖެންޑާ19" އަކީ މިޕާޓީގެ ފިކުރީ މުދަލަކަށްވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމުގެ ސަބަބުން، "އެޖެންޑާ19" އެނަމަށް ވަރަށް ނުރަނގަޅު އަސަރުކުރާނެ ކަމަށް ދެކޭކަމަށެވެ.
އަދި އެމްޑީޕީގެ އެތަށް މެންބަރުންގެ ބުރަ މަސައްކަތުން އެނަމާއި އެނަމުގެ ލޯގޯ ފާސްކޮށް، އެނަމާއި ލޯގޯއިން
ވަކި ކަންކަމެއް ރަމްޒު ކޮށްދޭ މަފްހޫމަކަށް އެނަމާއި ލޯގޯ މިހާރުވަނީ ގެނެސްފައިކަމަށްވެސް އެމްޑީޕީއިން ވިދާޅުވިއެވެ.
އަދި އެޖެންޑާ19 ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިޕާޓީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތާ ކަމަށްވެފައި ފުލުހުން އެފަދަ ނަމެއް ބޭނުންކުރުމުން އެމްޑީޕީގެ މަސައްކަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އެމްޑީޕީގެ މިސިޓީގައިވެއެވެ.
""ނިމޭ 19" އަކީ މިޕާޓީގެ "އެޖެން19" އަށް ގޮންޖަހާފަދަ ގޮތަކަށް ބޭނުންކުރެވޭ ނަމަކަށްވެފައި، ފުލުހުންގެ އޮޕަރޭޝަނަނަކަށް އެފަދަ ނަމެއް ކިޔުމުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީވެފައިވާތަން ރައްޔިތުންނަށް ފެނިގެންދާނެ." އެމްޑީޕީއިން ވިދާޅުވިއެވެ.
މީގެއިތުރުން 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހިންގާ އޮޕަރޭޝަނަށް "ނިމޭ 19" ކިޔަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް އެމްޑީޕީގެ މިސިޓީގައިވެއެވެ.
އެމްޑީޕީއިން ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން "ނިމޭ 19" ގެ ނަމުގައި މާލެ ސިޓީގައި ޚާއްޞަ
އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާއި، މިއޮޕަރޭޝަން މިހިނގާ ޑިސެމްބަރު މަހުގެ 23 އިން މިފެށޭ 2020
ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 04 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެޕާޓީއަށް ވަނީ މައުލޫމާތު
ލިބިފައިވާކަމަށެވެ.




2 Responses
މަގޭ ދަރިއަށް އުމުރު 19 ވިޔަސް އެހެންވެސް ނުކިޔޭނޭ ދޯ. އެޖެންޑާ 19 ވަރަށް ސަޅި. ވަރަށް މިނިވަން.
19 ufehddhee kaaku?