ބޯނަސްގެ މައްސަލާގައި ވިޑާލް ބާސެލޯނާއާއި ދެކޮޅަށް ދަޢުވާ ކުރަނީ!

ބޯނަސްގެ މައްސަލާގައި ބާސެލޯނާއާއި ދެކޮޅަށް ދަޢުވާ ކުރުމަށް އެކްލަބަށް ކުޅެމުން އަންނަ ޗިލީގެ ތަރި އާޓޫރޯ ވިޑާލް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން 2.4 މިލިއަން ޔޫރޯގެ ބޯނަސް ނެދޭ މައްސަލާގައި ބާސެލޯނާ ގޮވައިގެން ކޯޓަށްދާން ވިޑާލް ތައްޔާރުވަމުން އަންނައިރު، ސްޕެއިންގެ ކުޅުންތެރިންގެ ޔޫނިއަންއަށް ވިޑާލްގެ ލޯޔަރުން މިހާރުވަނީ މައްސަލައިގެ ފޯމް ހުށަހަޅާފައިވާކަމަށްވެސް ވާހަކަދެކެވެއެވެ.

އަނެއްކޮޅުން ބާސެލޯނާގެ ފުރަތަމަ 11 އިން ވިޑާލްއަށް ޖާގަ ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހިފައިހުރި ވިޑާލް، ބާސެލޯނާ ދޫކޮށް އިންޓަރ މިލާންއަށް ބަދަލުވާން އުޅޭވާހަކަތައްވެސް މިހާރުވަނީ ފެތުރިފައެވެ.

ވިޑާލްއާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ވަލްވާޑޭ ބުނީ، އޭނާއަކީ ފަރިތަކުރުންތަކުގައި ރަނގަޅަށް ބައިވެރިވާ ކުޅުންތެރިއެއްކަމަށާއި، ބޯނަސްގެ މައްސަލާގައި ދަނޑުމަތީ ވިޑާލްގެ ކުޅުމަށް ބަދަލު އަންނާނެކަމަށް ނުދެކޭކަމަށެވެ.

ބާސެލޯނާ ދޫކޮށް އިންޓަރ މިލާންއަށް ވިޑާލް ބަދަލުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ވިޑާލްގެ މައްސަލާގައި ބާސެލޯނާއާއި ވަލްވާޑޭ ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިސީޒަނުގައި މިހާތަނަށް ބާސެލޯނާގެ ފުރަތަމަ އެގާރައިން ވިޑާލްއަށް ފުރުޞަތު ލިބުނީ އެންމެ ހަތަރު މެޗުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ