ރާއްޖެއަށް 2019 ވަނަ އަހަރު ޒިތާރަތްކުރި 1.5 މިލިއަން ވަނަ ޓޫރިސްޓަށް މަރުޙަބާ ދަންނަވަނީ

މިދިޔަ އަހަރު ރާއްޖެއަށް 1.67 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި

2019 ވަނަ އަހަރު ރާއްޖެއިން ނިންމާލީ 1.67 މިލިއަން ފަތުރުވެރިންގެ ރެކޯޑަކާ އެކުއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ 2019 ވަނަ އަހަރު ނިމުނުއިރު 1.67 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ތައްޔިބު ވިދާޅުވީ 2020 ވަނަ އަހަރު މި އަދަދަށްވުރެ އިތުރަށް ފަތުރުންވެރިން އަންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް މިދިޔަ އަހަރަށް ވުރެ އިތުރަށް މި އަހަރު 50 މިލިއަން ރުފިޔާ ހަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ 2020 ގެ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓަކީ 154.2 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ކަނޑައެޅި ބަޖެޓަކީ 104.2 މިލިއަން ރުފިޔާ އެވެ.

2018 އަހަރު ރާއްޖެ އަށް ޒިޔާރަށް ކޮށްފައިވަނީ 1.4 މިލިއަން ޓޫރިސްޓުންނެވެ. އޭގެ ކުރީ 2017 އަހަރު ރާއްޖެ ޒިޔާރަތްކުރީ 1.3 މިލިއަން ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ރާއްޖެއިން އަމާޒުކޮށްފައިވަނީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެހެންނަމަވެސް މި އަދަދު ވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅު ހަމަވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ