އޭސީ މިލާންގެ ޑިފެންޑަރަކަށް ބާސެލޯނާއިން ފާރަލަނީ!

އޭސީ މިލާންގެ ޑިފެންޑަރަކަށް ބާސެލޯނާއިން ފާރަލަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބާސެލޯނާއިން މިވަގުތު އެންމެ އިސްކަމެއް ދޭންޖެހެނީ އެމީހުންގެ ޑިފެންސް ވަރުގަދަކުރުމަށެވެ. މިއީ ސަޕޯޓަރުންނާއި ބާސެލޯނާގެ މެނޭޖްމެންޓްވެސް ދެކޮޅު ހަދާނެކަމެއް ނޫނެވެ. ބާސެލޯނާގެ ޑިފެންސުން ހެދޭ ގޯސްތަކާއެކު އެކްލަބު ކޮޅަށް ގިނަ ލަނޑުތަކެއް މިފަހަކަށް އައިސް ވަދެފައިވާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން މިކަމަށް ޙައްލެއް ހޯދުމަށް ބާސެލޯނާއިން އޭސީ މިލާންގެ ސެންޓަރ ބެކެއް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ އަލެއްސިއޯ ރޮމަންޔޯލީއަށް ފާރަލަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން އިޓަލީއަށް ނިސްބަތްވާ މިޑިފެންޑަރު ހޯދުމަށް ބާސެލޯނާއިން އެކްލަބުގެ ޖީން ކްލެއާރ ޓޮޑިބޯ ބަދަލުގައި އޭސީ މިލާނަށް ދިނުމަށް އޮތީ ތައްޔާރަށެވެ.

ރޮމަންޔޯލީ ބާސެލޯނާއަށް ބަދަލުވެއްޖެނަމަ މިއަހަރު ފެބްރުއަރީމަހު ފެށޭ ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައިވެސް އޭނާއަށް ކުޅެވޭނެއެވެ. އެއީ ރޮމަންޔޯލީ މިސީޒަންގައި އޭސީ މިލާނަށް ޗެމްޕިއަންސް ލީގު މެޗެއް ކުޅެފައި ނުވާތީއެވެ.

ލަލީގާގައި ބާސެލޯނާއާއި ރެއަލްމެޑްރިޑް މިހާރު އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައެވެ. 19 މެޗުން ދެޓީމަށްވެސް ލިބިފައިވަނީ 40 ޕޮއިންޓެވެ. ބާސެލޯނާއަށް ތާވަލްގެ އެއްވަނަ ލިބެނީ ފައިދާ ދެގޯލްގެ ތަފާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ