ރައީސް ނަޝީދު ބައިވެރިވާ އެމްޑީޕީގެ ތިލަދުންމަތީ ދަތުރު ޖެނުއަރީ 12 ގައި

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިހިނގާ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ތިލަދުންމައްޗަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަަމަށް އެ ޕާޓީން ބުނެފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މި ދަތުރުގައި އެޕާޓީން ވަނީ މިދަތުރުގައި ބައިވެރިވާން ބޭނުންވާ އެމްޑީޕީގެ މެމްބަރުންނަށް ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ޖުމްލަ 300 މެމްބަރުންނަށް ޖާގަދިނުމަށް އެމްޑިޕީން ވަނީ ނިންމާފައެވެ. އެޕާޓިން ބުނެފައިވަނީ ދަތުރުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް 100 ރުފިޔާއަށް ޖާގަ ދޫކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

މިދަތުރުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނެވެސް ވަނީ ހާމަކުރައްވާފައެވެ.

އެމްޑީޕީން ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް ކުރައްވާ މިދަތުރުފުޅުގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީ އުތުރު މަހާސިންތާ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ