މުހިންމު ކުޅުންތެރިންނާއި ނުލައި ރެއަލްމެޑްރިޑުން ސުޕަރކޮޕާ ސެމީއަށް ނުކުންނަށް ތައްޔާރުވެއްޖެއެވެ.
ސުޕަރކޮޕާ ސެމީ ފައިނަލްގައި ރެއަލްމެޑްރިޑާއި ވެލެންސިއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން ރެއަލްމެޑްރިޑުން މިރޭ ނެރޭ ޓީމުގައި އެކްލަބުގެ ކުރިއަށްކުޅޭ މުހިންމު ބައެއް ކުޅުންތެރިން ނުހިމެނޭނެއެވެ.
އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅޭ ކުޅުންތެރިންގެ ތެރޭގައި ގެރެތު ބޭލް އަދި ކަރިން ބެންޒެމާގެ އިތުރުން އެޑެން ހަޒާޑުވެސް ހިމެނެއެވެ.
މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރެއަލްމެޑްރިގެ ޑިފެންޑަރު ވެރޭން ބުނީ، ފުޓްބޯޅައިގައި ބަހަނާދެއްކޭނެ ތަނެއް ނޯންނާނެކަމަށާއި، ކުރިއަށް ކުޅޭ މުހިންމު ކުޅުންތެރިން މިރޭ ނުކުޅުނުނަމަވެސް މިރޭގެ މެޗުން މޮޅުވާން ވަރަށް މަސައްކަތް ކުރާނެކަމަށެވެ.
މީގެއިތުރުން ޑިފެންސްގައި ރެއަލްމެޑްރިޑުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، މިރޭގެ މެޗުގައި ކުރިންވެސް އެތަށް ދައްކާނެކަމަށް ވެރޭން ބުންޏެވެ. އަދި ބޭނުންވަނީ ގިނަ ލަނޑުޖެއް ޖެހުން ނޫންކަމަށާއި، ކުޑަތަފާތަކުން ނަމަވެސް މެޗުން މޮޅުވާކަމަށްވެސް އޭނާ ބުންޏެވެ.
ސައުދީ އެރޭބިއާގެ ކިންގްސް ޢަބްދުﷲ ސްޕޯޓްސް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 12:00 ގައެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ރޭ ބާސެލޯނާ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.



