އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓިގައި ކައުންސިލަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ޖޭޕީން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ޖެނުއަރީ 6 އިން ފެށިގެން އެޕާޓީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް 2020 ފެބްރުއަރީ 5 ވަނަ ދުވަހުގެ 20:20 އާއި ހަމަޔަށް އެފުރުޞަތު އޮންނާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓިން ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި ރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް ސިޓީ ކައުންސިލަރ، ރަށު ކައުންސިލަރ، ސިޓީ ކައުންސިލްގެ މޭޔަރު، ސިޓީ ކައުންސިލަރ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް އަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އަދި ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރ އަށްވެސް ފޯމު ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
ޖުމްހޫރީ ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 12 ވާ ބުދަ ދުވަހު އެވެ.



