ޕީޕީއެމްއަށް ވޯޓް ދިނުން ނޫން ގޮތެއް ނެތް - އަދުރޭ

ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވޯޓް ދިނުން ނޫން ގޮތެއް ނެތް ކަމުގައި ޕީއެންސީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ ވިދަޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށާއި، ކެމްޕެއިންގެ މަސައްކަތް ވަރަށް ވަރުގަދަޔަށް ކުރަމުންދާކަމަށެވެ.

އަބްދުއްރަޙީމް ވިދާޅުވީ ވަރަށް އަވަހަށް ޕީޕީއެމްގެ ކެމްޕެއިން ޓީމްތައް އަތޮޅުތަކަށް ދާނެކަމަށާއި، ބޭނުމަކީ ކޮންމެ ރަށަކުންވެސް ޕީޕީއެމްގެ ޓިކެޓްގައި ނިކުމެ ވަޑައިގަންނަވާ ބޭފުޅުންނަކީ އެރަށަކުން ކައުންސިލަށް ނެރޭ އެންމެ ރަނގަޅު ބޭފުޅުން ކަމުގަ ހެދުންކަމަށެވެ.

މި ފަހަރުގެ އިންތިޚާބުގައި އަމިއްލަ އެދުން އެއްފަރާތްކޮށް ޤައުމީ ކަމެއްކަމުގައި މިކަން ހެދުމަށްވެސް އަބްދުއްރަޙީމް ވަނީ ގޮވާލައްވާފައެވެ. "ޕީޕީއެމްއަށް ވޯޓް ދިނުން ނޫންގޮތެއް ތިޔަބޭފުޅުންގެ ކުރިމަގަކަށްނެތޭ" އަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޢަބްދުއްރަޙީމް ވަނީ ފަސްއަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމްއާއި ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ޖަލުގައި ނުހައްގުން އަނިޔާ ކުރާކަމަށާއި، ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލާފައި ނުވާކަން ފާހަގަ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ