ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ވާދަކުރުމުގެ ފުރުޞަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ޕީޕީއެމް އިން މިއަދު ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 24 ޖެނުއަރީ އާއި ހަމަޔަށް ފޯމު ހުށައެޅުމުގެ ފުރުޞަތު އިތުރުކޮށްފައިވާ ކަމަށެވެ. ޖެނުއަރީ 24 ވަނަ ދުވަހުގެ 16:00 އާއި ހަމަޔަށް އެފުރުޞަތު އޮންނާނެ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ޕީޕީއެމް އިން ވަނީ އެޕާޓީގެ ޓިކެޓުގައި ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. އޭރު ޕީޕީއެމުން ބުނެފައިވަނީ ޕީޕީއެމް ޓިކެޓަށް އެދި ފޯމު ހުށައެޅުމުގެ މުއްދަތަކީ ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ފަހުން ވަނީ ޖެނުއަރީ 13 ވަނަ ދުވަހާއި ހަމަޔަށް މުއްދަތު އިތުރު ކޮށްފައެވެ.

ޕީޕީއެމްއިން ބުނެފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލުމަށް އެދޭފޯމް ޕީޕީއެމްގެ ސޯޝަލް މީޑިއާ (ޓުވިޓަރ / ފޭސްބުކް) އަދި ޕީޕީއެމް އޮފީސް، ހ.ހުރަފައިން ލިބެން ހުންނާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ