މަސްވެރިއެއްގެ ކޭސް ކާޑުން ވައްކަންކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
ގދ. ކަނޑުހުޅުދޫ ގައި ދުއްވާ ދޯންޏެއްގައި މަސައްކަތްކުރާ މީހެއްގެ ދަބަސްތެރޭގައި އޮތް ވޮލެޓަކުން ކޭސް ކާޑު ވަގަށްނަގައިގެން، އެކާޑު ބޭނުންކޮށްގެން 6000 ރުފިޔާ ވަގަށް ނަގާފައިވާކުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ޔަގީން ކޮށްދެއްވާފައެވެ.
މިމައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ގއ. ވިލިނގިލި ބޭންކު ޖެޓީ އަށް ކައިރިކުރި ވަގުތު ފުލުހުންވަނީ އެމީހުން ބަލައި ފާސްކޮށްފައެވެ. މިމީހުން ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 5590 ރުފިޔާ ފެނިފައިވާކަމަށް ފުލިހުން ވަނީ ވިދާޅުވެފައެވެ.
އަދި އެ ކޭސް ކާޑު މޫދަށް އެއްލާލާފައިވަނިކޮށް ފުލުހުން ވަނީ ހޯދައިފައެވެ. މިމައްސަލައާއި ގުޅިގެން 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މިމައްސަލަ ފުލުހުން މިހާރު ގެންދަވަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.



