ތިލަދުންމަތީ އިރުވައި ކޮންފަރެންސް ރައީސް ސޯލިހް ހުޅުއްވައި ދެއްވަނީ | ފޮޓޯ : އެމްޑީޕީ

އެމްޑީޕީގެ ތިލަދުންމަތީ އިރުވައި ކޮންފަރެންސް ފަށައިފި

އެމްޑީޕީގެ ތިލަދުންމަތީ އިރުވައި ކޮންފަރެންސް މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީ ގައި ފަށައިފިއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ އެމްޑީޕީން އުތުރުގައި ބާއްވާ ތިލަދުންމަތީ އިރުވައި ކޮންފަރެންސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. މި ކޮންފަރެންސް ތައާރަފް ކޮށްދެއްވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

ތިލަދުންމަތީ ރަށް ތަކުގައި ތިއްބެވި އެމްޑީޕީގެ ތިލަދިންމަތީ މަޖިލިސް މެމްބަރުންނާއި، ދާއިރާ ތަކުގެ ރައީސުންނާއި، ކައުންސިލަރުންނާއި، އެމްޑީޕީގެ ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ކުރިޔަށަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް އެދި ފޯމް ހުށައަޅުއްވާފައިވާ ފަރާތްތަކުގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ޓީމު ތަކުގެ މެމްބަރުންނެވެ.

ތިލަދުންމަތީ އިރުވައި ކޮންފަރެންސްގެ ބައިވެރިން | ފޮޓޯ : އެމްޑީޕީ

ތިލަދުންމަތީގެ ރަށްތަކަށް އެމްޑީޕީން ކުރަމުން ގެންދާ މިދަތުރުގައި އެންމެ ފުރަތަމަ ދަތުރިކުރީ ހއ އަތޮޅުގެ ބައެއް ރަށް ތަކަށް ޖެނުއަރީ 13 ވަނަ ދުވަހު އެވެ. ޖެނުއަރީ 14 ވަނަ ދުވަހު ހދ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރިއިރު މިއަދު ކުޅުދުއްދުށި ސިޓީގައި ކޮންފަރެންސް ބޭއްވުމަށްފަހު މިރޭ ކުޅުދުއްފުށި ސިޓީގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އެޕާޓީން ބުނެއެވެ.

ތިލަދުންމައްޗަށް ކުރެއްވެ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެމްޑީޕީގެ ޓީމު މާލެ ދިއުމަށް ފުރާނީ މިރޭ 12:00 ޖަހާއިރު ސީކުއީން ބޯޓުން ނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ