ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

މޭޔަރަކަށް 40000، އަތޮޅު ރައީސްއަށް 28000، ރަށު ރައީސްއަށް 23000ރ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު އިންތިޚާބުވާ ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ އުޖޫރަ ހާމަކޮށްފިއެވެ.

ރައީސް ޞޯލިހް މިކަން ހާމަކޮށްފައިވަނީ، އެމްޑީޕީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި މިހާރު ކުރިއަށްދާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ދާދި ދެންމެއެވެ.

"ކައުންސިލަރުންގެ މުސާރައާއި ބެހޭގޮތުން ސުވާލުކުރެއްވީ. މިހާރު ޤާނޫނުގައި އޮތްގޮތަށް ސަރުކާރުން ވަނީ އަދަދުތަކެއް ކަނޑައަޅާފައި، އޭގައި ނިންމުން ވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވި މުސާރަ ޝީޓްގައި އޮންނާނީ ސިޓީގެ މޭޔަރަކަށް 40000ރ، ޑެޕިއުޓީ މޭޔަރަކަށް 35000ރ، ސިޓީ ކައުންސިލް މެމްބަރަކަށް 30000ރ، އަތޮޅު ކައުންސިލް ރައީސްއަކަށް 28000ރ، ރަށު ކައުންސިލްގެ ރައީސްއަކަށް 23000ރ، ޑެޕިއުޓީއަށް 15000ރ އަދި މެންބަރަކަށް 12000ރ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކުގެ މުސާރައިގެ އޮނިގަނޑު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، މަޖިލިސް ހުޅުވުމާއެކު މަޝްވަރާ ކުރެވި ނިންމުމެއް ނިންމިގެންދާނެ ކަމަށެވެ.

"އަޅޫގަނޑުމެން ސިޓީތައް ކަނޑައެޅުމާއި، ފަސް މެންބަރުން ތިއްބަވާ ކައުންސިލަކާއި، ހަތް މެންބަރުން ތިއްބަވާ ކައުންސިލަކާވެސް ތަފާތުނުކޮށް މިކަން ނިންމާފައި މިއޮތީ. އެކަމު ފުރަތަމަ އައިއިރުގައި އޭގައި ހުރި ތަފާތުތަކެއް، މާލޭ ސިޓީއާއި އެެހެން ސިޓީތަކުގެ މޭޔަރުންނާއި ޑެޕިއުޓީންނާއި މުސާރަ ކަނޑައެޅުމުގައި. އަދި ރަށްރަށުގައިވެސް ފަސް މެންބަރުން ތިއްބަވާ ރަށަކާ ހަތް މެންބަރުން ތިއްބަވާ ރަށެއްގެ ހުރި ތަފާތުތަކެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ ރަށު ކައުންސިލެއް ވެއްޖިއްޔާ އޮންނާން ވާނީ ހަމަހަމައަށޭ. ރަށު ކައުންސިލްތަކާ ސިޓީ ކައުންސިލްގެ މުސާރަތައް އެއޮތީ އެއްގޮތަށް ކަނޑައެޅިފައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން އެމްޑީޕީއިން ފަށާފައިވާއިރު، "އެޖެންޑާ 19 ރަށަށް" ގެ ނަމުގައި އުތުރަށް ދަނީ ދަތުރެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

19 Responses

  1. ފަ ރުދުން

    ސިވިލް ސާވަންޓުން އެއީ އޮފީހުގަ ގޭމުކުޅެ އިންޓަނެޓަށް ވަނުމުގަ ގިނަވަގުތު ހޭދަކުރާބައެއް ގިނަ ކައުންސިތަށް ނުހިންގިގެން އުޅެނީ ވެސް ހަމަ އެމީހުންނާ ހު ރެ ކައުންސިލަރުންނަކީ ކޮންމެ ގަޑިއަކު ކޮންމެ ކަމެއް ޖެހުނަސް އެކަމަކަށް ނިކުންނަން ޖެހޭބަޔަކު

  2. Gaahaka

    Theetha vaudhuvi minimum wage

  3. Hairaan

    Rahyithu meehaage laari gandu kaalaigen. Thiya bunsaa councilarunnah neygeyey English in akureh alhaalan. Keetha vaany teachRunnah ves hodu Kuran thihsaa faseyhs kamakah vAiru

  4. Thedhu

    Teacharun mikamaaa visnanvy

  5. ޔޫސުފް

    ފަންސަވީސް ހާސް، ވިހިހާސް މީހުން ތަމްސީލު ކުރާ އަތޮޅު ކައުންސިލްގެ ރައީސަށް 28،000 ދެތިންހާސް މީހުން ތަމްސީލް ކުރާ ސިޓީ ކައުންސިލް މެންބަރަށް 30،000 މީތޯ ހައްގުވާ މިންވަރަކީ؟

    3
    1
  6. Saabas

    Theethoa kuda musaraaa aky mi verikan aifahun mee dhevana faharu council ylthakan musaara bodukuri rauiithu meehaaa badan meedhen boduvaru koabaathoa ehen meehunge haggakee aadhey

  7. Teacher

    . Mi dhen boduvaru. Dhuvaakudhaa hatharu dhamu scul ga thelhi maruvegen grab gennan nulibeynuvahaas ves. Teachers get musaara bodukoh dheyn edhumun jahsaali thuraa dhekibala. Fathis namaadhun nufeybenis ethaakah dhaan jehey anehkolhun 3 jahaairuves geakah naadhevey. Ekam enme rufiyaa gandeh es bodukohlan nukerun. Meedhen kihaa body kameh. Teacherunge agu Azan kohlaane bayakuves nuthibey.

  8. ޙާ

    ޓީޗަރުންނަކި މިޤައުމުގަ އެއްވެސް ބައެއްނޫން، ހެނދުނު 6 ކުން 3 އަށް މަސައްކަތުގަ ރޭގަނޑު އެތައް ދަމެއް ވަންދެން ސްކޫލްގަ މިކަމާ ވިސްނާލާނީ ކޮން އިރަކުންބާ؟

    33
    1
    • Neygunu

      School ga hama ekani teacherun ekanitha ulheny, dhen office ga ulhey myhunnaky ehves bayehnun dho, v hehvaa, ehchekey bunaairah teacherun, Bala office ga ulhey myhun ves kurany masaekathey

  9. ޢަލީ

    ސާބަހޭ ސޮއިކޮށްލާފަ އޮފީހަށް ނުވަދެ ތިބޭ މީހުންނަަށް އަދިވެސް މުސާރަ ބޮޑު ކުރަންވީ، ހެޔޮނުވާނެ ސިވިލްސާރވަންޓުންނަށް ތިގޮތަށް މުސާރަ ބޮޑުކޮށްދީބަލަ، އޮފީހުގެ ހުރިހާ މަސައްކަތެއް ކުރަނީ ސިވިލްސާރވަންޓުން.

    30
  10. Boe

    Vote dheyn veema aharumen nukume ekan kuranvee.. musaara bodu vaan veema emme fuluga

    22
  11. މީހެއް

    tiyavure rangalhu hen heevanee fuluhun naa sifaige musaara thicaru kohfa ganoon asaseen gaumu balahatan barudheefa kanthatha rangalhu kuran masakai kuriyaa… thithana nudhey Olevel fenvaru noon meehe ginafaharah nuhun naane english in vaahaka dhakan engeyvaruge meehe.. criminal record balaa laa iru konmeves masalae court ga noonee fulus office ga onnane dhen hovey irh emasala file kohfa eyna hama ekanthakuga kuriyah dhaanee …

  12. މީހެއް

    thimme

  13. Maariyaa

    Moyainanah valhi dhineema vaanee thihen

  14. ކިޔަވައިގެން ހުރި މީހާ

    ސީރިއަސްލީ. އެމީހުން މި ވަޒީފާތަކަށް ކުރިމަތިލާން އެއްވެސް ތަޢުލީމީ ފެންވަރެއް ބޭނުމެއްނުވޭ. ކިޔަވިގެން ޑިގްރީ ނަގައިގެން ތިބިމީހުންނަށް މިލިބެނީ ހުރިހާ އެލަވަންސް އަކާއެއްކޮށް ކިރިޔާ 12000 މި ލިބެނީ.

    26
  15. Ainthu

    We spent around 3 years to get a degree and our salary is not worth our work… this is just unfair.. ijoo can’t even run the country properly.. it’s like only political people with no qualification is paid more than they
    should deserve.. ?y

  16. ފާތިމަތު

    އަދިވެސް ސިވިލް ސަރވިސް މުއައްޒަފުންގެ އެޑިއުކޭޝަން ކޮލިފިކޭޝަން އަށް އެލަވެންސް އެއް ދޭން ނުވިސްނަންތޯ؟

    32
    1
  17. ޒޯޒޯ

    މީހަކަށް އެއްޗެއް ލިބޭތީ ހަސަދަ ވަނީކިނޫން. އެކަމަކު ތި ބޮޑުވަރު ކަންނޭނގެ. ޑިގްރީއަށް ކިޔަވައިގެން 8 ގަޑި އިރު ސަރުކާރު އޮފީހެއްގައި މަސައްކަތު ކޮށްގެން 6000 ރުފިޔާ ގެއަށް ގެންދަން ނުލިބޭ. ކޮބާތޯ އިންސާފަކީ. ބޮޑު ބައްޔެއް ޖެހިގެން ސޯސަލް މީޑިޔާ މެދުވެރިކޮށް ސަލާން ޖަހަން މިޖެހެނި

    75
    2
    • naai

      bodu musaara dheegen vaakameh novey….baiyyeh sahaadheh

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ