ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން މިދިޔަ އަހަރު ބޭއްވި ރިޔާސީ ކެނޑިޑޭޓް ހޮވުމުގެ ޕްރައިމަރީގައި މިހާރު މަޖިލިސްގެ ރައީސް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓު ދިނުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލި އިބްރާހީމް މުހައްމަދު (ވާޑު)، ލ. ފޮނަދޫ ކައުންސިލް ރައީސް ކަމަށް، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމައިފިއެވެ.
މިދިޔަ އަހަރު މެދުތެރޭގައި އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވޯޓުލުމުން ވާޑު ވަޒީފާއިން ވަކިކުރީ އެސްޓީއޯގައި ވަޒީފާ އަދާކުރަމުން ދަނިކޮށެވެ. އޭގެފަހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާ އެ މައްސަލަ ކާމިޔާބުކޮށް، މިހާރުވެސް ވާޑު މަސައްކަތް ކުރަމުން އަންނަނީ އެސްޓީއޯގައެވެ.
ވާޑް ބުނެފައި ވަނީ އޭނާ ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލުމަށް ނިންމީ، ފޮނަދުއަށް ހައްގުވާ މިންވަރު، މި ސަރުކާރާ ގުޅިގެން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ. ހާއްސަކޮށް، މިހާރު އޮތް ފޮނަދޫގެ ކައުންސިލް ބޮޑުތަނުން ފެއިލްވެ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، އެކަން ބަދަލުކޮށް، އުފާވެރި ފޮނަދުއެއް ގެނެސްދިނުމަކީ އޭނާގެ ތަސައްވަރުކަމަށް ވާޑު ބުނެފައިވެއެވެ.
އޭގެ އިތުރުން ވާޑު ވިދާޅުވީ، އެމްޑީޕީގެ ލާމަރުކަޒީ ރާއްޖެ ސިޔާސަތުގެ ދަށުން ރަށު ތަރައްގީ މެކުހަށް ގެންދެވޭނެ، ދުރު ވިސްނުމާއި ތަސައްވަރު އޭނާގެ އެބަހުރިކަމަށާއި، ޕާޓީ ރޫހުގައި އަބަދުވެސް އެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.
އެސްޓީއޯގައި ވަޒީފާ އަދާކުރަމުންދާތާ 10 އަހަރުވެފައިވަނިކޮށް، މިދިޔަ އަހަރު ވާޑު ވަޒީފާއިން ވަކިކުރީ އެ ކުންފުނި ބަދުނާމުވާ ގޮތަށް އަމަލުތައް ބަހެއްޓިކަމުގެ ތުހުމަތުގައެވެ. ވާޑު ފާހަގަކޮށްލެވިފައި ވަނީ ފޮނަދޫ ދާއިރާގެ އޭރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާނޑުކިޔާ، އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ މީހެއް ގޮތުގައެވެ.
އެގޮތުން އޭނާ ވަޒީފާއިން ވަކި ކުރި މައިގަނޑު ސަބަބަކީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ވާޑު ފާޅުގައި އެ ވޯޓްގައި ބައިވެރިވެ، އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވުމުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމްޑީޕީގެ އެކްޓިވިސްޓް ވާޑު ވަޒީފާއިން ވަކިކުރުމުން، މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާޑުއަށް ފޯނުން ގުޅުއްވާ ހިތްވަރުވެސް ދެއްވާފައެވެ.





ހިޔާލު
ވާޑަކީ ފިސާޜީ ދަރިއެއް އުންމީދަކީ ބޮޑޫތަނުން ވާޑޫ އިންތިހާބު ކާމިޔާބު ކުރުން މަ ޥޯޓް ޔަޤިން