ރ. އަތޮޅުގައި ތަރައްގީކުރަމުން އަންނަ "ބްރެނިއާ ކޮށްޓެފަރު" ރިސޯޓް ހުޅުވައިފި އެވެ.
މިއަހަރު ހުޅުވި ފުރަތަމަ ރިސޯޓު ރ. އަތޮޅުގައި ހުޅުވާފައިވީ ނަމަވެސް މި ރިސޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ ތެރޭގަ އެވެ. މި ރިސޯޓަށް ވަނީ މިދިޔަ ހަފްތާއިން ފެށިގެން ފަތުރުވެރިން ގެންނަން ފަށައިފަ އެވެ.
މި ރިސޯޓުގައި ތަފާތު އެކި ފެންވަރުގެ 190 ކޮޓަރި ހުންނާނެ އެވެ. އޭގެ ތެރޭގައި ބީޗު ކޮޓަރި އާއި ގާޑަން ކޮޓަަރީގެ އިތުރުން، މޫދު ކޮޓަރި ހިމެނެ އެވެ. މި ކޮޓަރިތައް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރަށް، ދިވެހިވަންތައް ކުލަތައް ދައްކުވައިދޭ ގޮތަށެވެ.
މީގެ އިތުރުން މި ރިސޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބޭ ތިން ރެސްޓޯރަންޓް ހުންނާނެ އެވެ. އަދި ތިން ބާ ވެސް ހުންނާނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބަކާއި ސްޕާއެއް އަދި ވޯޓާ ސްޕޯޓްސް އާއި ޑައިވިންގެ ހިދުމަތް ދޭ ސެންޓަރެއް ވެސް ހުންނާނެ އެވެ.
ރ އަތޮޅުގައި މިހާރުވެސް 12 ރިސޯޓު ހިންގައެވެ. މިއަހަރު ތެރޭގައި ރާއްޖޭގައި 13 ރިސޯޓެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.