އެއްފަހަރު ބޭނުންކޮށް އުކާލާ ޕުލާސްޓިކް ބޭނުންކުރުން ޗައިނާއިން ހުއްޓާލަނީ

މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ޕުލާސްޓިކް ބޭނުންކުރާ ޗައިނާއިން އެއްފަހަރު ބޭނުންކޮށް އުކާލާ ޕުލާސްޓިކް ބޭނުންކުރުން އެގައުމުގައި މަދުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން މިއަހަރު ނިމޭއިރު ޗައިނާގެ ބޮޑެތި ސިޓީތަކުގައި ނައްތާނުލެވޭ ޒާތުގެ ޕުލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާކުރާނެއެވެ. އަދި 2022 ވަނަ އަހަރު ނިމޭއިރު ޗައިނާގެ ހުރިހާ ސިޓީތަކެއްގައާއި ޓައުނު ތަކެއްގައި މިޒާތުގެ ކޮތަޅު ބޭނުންކުރުން މަނާކުރާނެއެވެ.

މީގެއިތުރުން މިއަހަރު ނިމޭއިރު ރެސްޓޯރެންޓްފަދަ ތަންތަނުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕުލާސްޓިކް ހޮޅި ބޭނުންކުރުންވެސް ޗައިނާއިންވަނީ މަނާކުރުމަށް ނިންމައިފައެވެ.

ޗައިނާގެ 1.4 ބިލިއަން މީހުންގެ އާބާދީއިން އުފައްދާ ކުނި ނައްތާލުން ޗައިނާގެ ސަރުކާރަށްވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

މިގޮތުން ޗައިނާގައި ކުނި ޖަމާކުރުމަށް ހާއްސަ ކޮށްފައިވާ 100 ފުޓްބޯޅަ ދަނޑުގެ ބޮޑުމިން ހުންނަވަރުގެ ސަރަހައްދެއްވެސް ލަފާކުރި މިންވަރަށްވުރެ އަވަހަށްވަނީ ފުރިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ