ރައީސް ނަޝީދު އިހަވަންދޫގައި ދޮރުން ދޮރަށް ހިންގަވަނީ | ފޮޓޯ : އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީގެ ވޯޓު ކަރުދާހާއިގުޅޭ މަޢުލޫމާތު ހިއްސާކޮއްފި

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ކަރުދާހުގުޅޭ މަޢުލޫމާތު ހިއްސާކޮއްފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑިޕީ ފްރިމެރި ބާއްވަން ހަމަޖެހިފައިވަނީ 2020 ޖެނުއަރީ 31 ވާ ހުކުރު ދުވަހުއެވެ.

މިޕުރައިމެރީގައި 4 ބާވަތެއްގެ ވޯޓުލުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ. އެއީ

(ހ) ސިޓީތަކުގެ މޭޔަރުން، ރަށު ކައުންސިލްތަކުގެ ރައީސުން
(ށ) އަތޮޅު ކައުންސިލްތަކުގެ ރައީސުން
(ނ) ކައުންސިލްތަކުގެ މެންބަރުން
(ރ) ކައުންސިލްތަކުގައި އަންހެން ކެންޑިޑޭޓުންނަށް ޚާއްސަކުރެވިފައިވާ ގޮނޑިތައް.

މި މަގާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓުލުމުގައި، މިއިން ކޮންމެ މަގާމަކަށް ގޮނޑި ކަނޑައެޅިފައިވާ އަދަދަށް ވޯޓުލާންވާނެއެވެ. އަދި ސައްޙަ ވޯޓުގެ ގޮތުގައި ބެލެވޭނީ ކަނޑައަޅާފައިވާ ގޮނޑީގެ އަދަދަށް ފާހަގަޖަހާފައިވާ ވޯޓުކަރުދާހެކެވެ. ގޮނޑި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ނުވަތަ އެދަދަށްވުރެ މަދުން ފާހަގަ ޖަހާފައިވާ ވޯޓުކަރުދާސް ބެލެވޭނީ ބާތިލް ވޯޓު ކަރުދާހުގެ ގޮތުގައިކަމުގައި އެމްޑީޕީ އިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ