ވަގަށް ނަގައިފައިވާ އިލެކްޓުރިކް ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގައިފައިވާ އިލެކްޓުރިކް ސާމާނުތަކަކާއެކު 37 އަހަރުގެ ދިވެހި ފިރެހެނަކު މިއަދު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 17:30 ކަންހާއިރު ނީލަން ފިހާރަ ކައިރިން 37 އަހަރުގެ ފިރެހެނަކު އަމަލުހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގައިފައިވާ އިލެކްޓުރިކް ސާމާނުތަކެއް ފެނިފައިވާކަމަށެވެ.

މިމީހާ ހައްޔަރުކޮށް މިމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ވައްކަމުގެ އިތުރު ތިންމައްސަލައެއްގައި މިއަދުވަނީ މާލެއިން ތިންމީހަކު ހައްޔަރުކޮށްފައެވެ. މިގޮތުން އެކަކު މިއަދު 07:18 ހާއިރު ހައްޔަރު ކޮށްފައި ވާއިރު ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު 2:15 ހާއިރު އަދި ތިންވަނަ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު 2:25 ހާއިރެވެ

ބަންދު ދުވަސްތަކާއި ދިމާކޮށް ވައްކަމުގެ މައްސަލަތައް އަބަދުވެސް އިތުރު ވެއެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން އަންނަނީ އިލްތިމާޒް ކުރަމުންނެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ