ހުޅުމާލެ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި ފްލެޓްތަކާއި ގުޅިގެން 90 މައްސަލައެއް ހުށަހަޅައިފި

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި ފްލެޓްތަކާއި ގުޅިގެން 35 ފަރާތަކުން ވަނީ 90 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓުން ވިދާޅުވެއްޖެއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ހައުސިން މިނިސްޓްރީއިން ވިދާޅުވީ، ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތަށް ބޭނުންވެ، ހުޅުވާލި ފުރުޞަތު ހަމަވީއިރު، 35 ފަރާތަކުން ވަނީ 90 މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، މިހާތަނަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ފުލެޓަށް ޒިޔާރަތްކޮށް އެތަންތަން އިންސްޕެކެޓް ކުރެވިފައިވާކަމަށެވެ.

އަދި މިހާތަނަށް ހުށަހަޅާފައި ހުރީ ފެން ލީކުވުމުގެ މައްސަލައާއި، ކަތުރު ފަނީގެ މައްސަލަތައް، ކެރެކް ރިޕެއަރ އަދި ފެންވަޅުތައް ފުންކުރުމަށާއި، ސިޑި ގޮޅި އާއި ޢާއްމު ސަރަޙައްދުގެ ދިއްލުންތައް ރަނގަޅުކުރުންކަމަށްވެސް އެމިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

އެގޮތުން ހައުސިން މިނިސްޓްރީއިން ވިދާޅުވީ، އިންސްޕެކްޝަންސް ކުރިއަށްގެންދިޔައިރު ފާހަގަކުރެވުނު މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.

އެގޮތުން ފެން ލިކުވުމުގެ މައްސަލައަށް ޙައްލު ހޯދައި ދިނުމުގެ މަސައްކަތް ފާއިތުވި ހަފްތާގައި ވަނީ ފަށާފައިވާއިރު، އިއްޔެ (24 ޖަނަވަރީ 2020) ވަނަ ދުވަހުން ފެށިގެން ކަތުރުފަނި ނައްތާލުމައްޓަކައި، ކުރަން ޖެހޭނެ މަސައްކަތް ތަކާއި، ކަތުރު ފަނީގެ އަސަރު ކޮށްފައިވާ މިންގަނޑު ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.

މީގެއިތުރުން ހައުސިންގ މިނިސްޓްރީއިން ވިދާޅުވީ، ކަތުރު ފަނީގެ މައްސަލައަށް އަވަހަށް އަލެއް ހޯދައިދޭން ޖެހޭ ކަމަށް ފެންނާތީވެ، އެމަސައްކަތުގެ ދަށުން ކަތުރު ފަނި ނައްތާލުމަށް، މިއަދު (25 ޖަނަވަރީ 2020) 16:00 އިން ފެށިގެން ބްލޮކް 173 ސަރަޙައްދުގައި ޕެސްޓް ކޮންޓްރޯލް ޓީމްތައް ޙަރަކާތްތެރި ވަމުންދާކަމަށެވެ.

އަދި ހުރި މައްސަލަތައްވެސް ޙައްލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ