ބޯކޮށް ވާރޭ ވެހި ގދ. ތިނަދޫގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
ތިނަދޫއިން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަމް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ މީޑިއާއަށް ހާމަކޮށްފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ތިނަދޫއަށް ބޯކޮށް ވާރޭ ވެހި އެރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން، އެމްއެންޑީއެފް ސަދާރން އޭރިއާގެ ސިފައިން، ތިނަދޫ އަބޫބަކުރު ސްކޫލް ކައިރީ ޕަމްޕް ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތިނަދޫގައި ފެންބޮޑުވިއިރު، މިއަދު ހެނދުނު 07:00 އިން 11:00 އަށް ހުވަދު އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.