މަކުނުދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، ހދ. ކުޅުދުއްފުށިން ފުރައިގެން މަކުނުދުއަށް ދަތުރުކުރާ ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް މަކުނުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަވީރު 16:43 ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ ފެރީން މަކުނުދޫއަށް ގެނައި ފޮށިގަނޑެއް އަރުވައިގެން ދިޔަ ރަށު ޕިކަޕެއް ހުއްޓުވައި، ބަލައިފާސްކުރިއިރު އެފޮށިގަނޑުގެ ތެރެއިން ކަމަށެވެ.

އެފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިިން ރަބަރު ޕެކެޓް ފެނިފައިވާކަމަށާއި، މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ