ވަގަށް ނަގާފައިވާ ގިނަ ސާމާނު ތަކަކާއެކު ހުޅުމާލެއިން މީހަކު ޙައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ގިނަ ސާމާނު ތަކަކާއެކު ހުޅުމާލެއިން މީހަކު ޙައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުން މިއަދު ހުޅުމާލެ ޕެޓްރޯލް ކުރަން އުޅުމުގެ ތެރޭގައި މީހެއްގެ ޢަމަލުތައް ހުރި ގޮތުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ ސާމާ އޭނާގެ އަތުން ފެނިފައިވާކަމަށެވެ.

އިތުރަށް ފުލުހުން ވިދާޅުވީ، ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ފޯނާއި، އަތުކުރީ ގަޑީގެ އިތުރުން އެހެނިހެން ތަކެތިވެސް ހިމެނޭކަމަށެވެ.

މިމައްސަލަގައި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރެވިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ