ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީން ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 2 ބިދޭސީން ހައްޔަރުކޮށްފި އެވެ.

މިކުއްޖާއަށް މި ދެމީހުން ވަނީ އެކިފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައިކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން ވިދާޅުވީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައި ވާކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 50 އަހަރުގެ 2 ބިދޭސީން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ މި ނޫހަށް މައުލޫމާތު ދެއްވާފައެވެ.

މި 2 މީހުން ބަންދުގައި ބެހެއްޓުމަށް ފެބްރުއަރީ 1 ވަނަ ދުވަހު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަޙްގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Jorker

    Mi meehun mi gaumu hifan eba raava. Mi meehunge 3 lahka firihenun migaumuga ulheykan emeehun ah vs ingey. Aneika miy kushah adhabu bushey findi gaumeh kan vs ingey. Gaumuge verin ah araa ehves meehe mikameh hithakah naaruva ulheni vahkan kurveeythw. 20 Shari thereyga mi meehun mi thanga amila city ah nuni Gina dhuahu ulhuniyma liben jehey citizenship ah dauwa kuraane

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ