ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ނުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފިއެވެ.
ދައުތަލުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިން ގެ ދަޢުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަމަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރި މަނާ ކުރުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފައި ވަނީ 2019 ނޮވެންބަރު 28 ވަނަދުވަހުއެވެ.
މި ޙުކުމާއި ގުޅިގެން އިސްތިއުނާފް މަރުހަލާ ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި ވަނީ އެދިފައެވެ. ނަމަވެސް ހައިކޯޓުން މިއަދު ނިންމާފައި ވަނީ ކަފާލާތުގެ ދަށުން ބަންދުން ދޫނުކުރެވޭނެކަމަށެވެ. މި ގޮތަށް ނިންމާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
ނަމަވެސް ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދެވެން ނެތް ކަމަށް ނިންމާފައި ވަނީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
ޔާމީން ޖަލަށް ލުމާއި ގުޅިގެން އިދިކޮޅުން އަންނަނީ އެކަން ވަރަށް ބޮޑަށް ކުއްވެރި ކުރަމުންނެވެ. އަދި އެ މަނިކުފާނު މިނިވަން ކުރެއްވުމަށް ގޮވާލާ މުޒާހަރާތައްވެސް ވަނީ ބާއްވާފައެވެ.



