ޗައިނާއަށް އެތެރެކުރާ އެމެރިކާގެ 1,700 އަށްވުރެ ގިނަ މުދަލުން ޓެކްސް ކުޑަ ކުރުމަށް ޗައިނާއިން ނިންމައިފިއެވެ.
ޗައިނާގެ އޮފިޝަލުންނާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، 10 އިންސައްތައިގެ ޓެކްސް ނަގަމުންދާ ބަޔެއް މުދަލުން ދެން ނަގާނީ 5 އިންސައްތައިގެ ޓެކްސް ކަމަށާއި އަދި 5 އިންސައްތައިގެ ޓެކްސް މިހާރު ނަގަމުންދާ ބަޔެއް މުދަލުން ދެން ނަގާނީ 2.5 އިންސައްތައިގެ ޓެކްސް ކަމަށެވެ.
ޗައިނާއިން މިފަދަ ނިންމުމެއް ނިންމައިފައި މިވަނީ ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ އަސަރު އެގައުމުގެ އިގްތިސާދައްކޮށް ޗައިނާގެ އުފެއްދުންތެރިކަން ކުޑަވާނެކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު ކަމަށްވާ ޗައިނާއާއި އިންޑިއާއިން ވިޔަފާރީގެ ހަނގުރާމަ ކުރާތާ މިހާރުވަނީ ގިނަ އަހަރުތަކެއް ވެގެން ގޮސްފައެވެ. މިގޮތުން ދެގައުމުންވެސްވަނީ، އެ ދެގައުމުގައި އުފައްދާ މުދާ އަނެއް ގައުމަށް އެތެރެކުރާނަމަ ބޮޑު އަދަދެއްގެ ޓެކްސް ނެގުމަށް ކަނޑައަޅައިފައެވެ.\
މިމައްސަލަތައް ހައްލުކުރުމަށް ދެގައުމުގެ ދެމެދުގައި މިދިޔަމަހު ދެކެވުނު ވާހަކައިގައި ދެގައުމުންވަނީ ޓެކްސްތައް ކުޑަކުރުމަށް ނިންމައިފައެވެ. ޗައިނާއިން އެމެރިކާގެ އުފެއްދުންތަކުން ޓެކްސް ކުޑަކުރަން ނިންމައިފައިވަނީ މި އެއްބަސްވުމުގެ ދަށުންނެވެ.
ޗައިނާއިން ޓެކްސް ކުޑަކުރި ކުޑަކުރުމަށް އަމަލުކުރަން ފަށާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.




