މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރި ގޮތުގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރާ ވީޑިއޯއެއް މިއަދު މީސްމީޑިއާގައި އާންމުވެ އެ ވީޑިއޯގައި ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެމައްސަލަ ބަލަމުންދާކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި މިކަމަށް ފަތުރުވެރިއާގެ ކިބައިންނާއި އާމުންގެ ކިބައިން މާފަށް އެދޭކަމަށެވެ. މީގެއިތުރުން، މިމައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށްވެސް ހަމީދު ކުރެއްވި ޓުވީޓުގައިވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ، މިއަދު ހަވީރު މާފުށީ މަގުމަތީގައި މަސްތުގެ ހާލަތުގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރި އަންހެނަކު އުޅެމުންދާކަމުގެ ޝަކުވާ ލިބުމާގުޅިގެން މިއަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެއްނަން މަސައްކަތްކުރިއިރު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބިޑިއަޅުވައިގެން ކަމަށެވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިރޭ 19:10 ހާއިރު މި ފަތުރުވެރިޔާ ދޫކޮށްލައިފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އަލީ

    ސީޕީ ހަމީދު އިސްތިއުފާ މުޅި ސިފައިންގެ އަގު ވައްޓާއިފި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ