އަންހެން ކުއްޖެއްގެ މޫނަށް ކުޅު ޖެހި ދިވެހި ފިރިހެނަކު ޙައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭ މަގުމަތީ ހުރި އަންހެން ކުއްޖެއްގެ ގަޔަށް، ހިނގާފައިދިޔަ މީހަކު ކުޅުޖަހާފައިވާ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.
އަދި މިއަދު 13:59 ހާއިރު ހުށަހެޅުނު މިމައްސަލާގައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ޙައްޔަރުކރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލާއާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ނުދެއްވައެވެ. ފުލުހުން ގެންދަވަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.



