މީގެ 8 އަހަރު ކުރިން 8 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީޚުން އަނިޔާވެރި ކަޅު ދުވަހެކެވެ. 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު، އެމްޑީޕީގެ ބިޔަ ބޮޑު ލަސްކަރު މާލޭގެ މަގުތަށް ފުރާލީ ހީނުކުރާވަރު ގިނަ އަދަދެއްގެ ބަޔަކާއިއެކު ނިކުމެއެވެ.
މާޔޫސް ވެފައިތިބި އެމްޑީޕީގެ ލަސްކަރަށް ހިތްވަރު ލިބުނީ ފެބްރުއަރީ 8 ވަނަ ދުވަހު ދަރުބާރު ގޭގައި ބޭއްވި އެމްޑީޕީގެ 100 ވަނަ ގައުމީ މަޖިލިސްގެ ބައްދަލުވުމުންނެވެ. އެ ބައްދަލުވުމުގައި އޭރު މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވަނީ ޑރ. ވަޙީދުގެ ސަރުކާރަކީ ގައިރު ޤާނޫނީ ސަރުކާރެއްކަމަށް ވިދާޅުވެ ޤަރާރެއް ހުށައަޅުއްވާފައެވެ.
"އަޅުގަނޑުގެ އެންމެ ލޭ ތިކެއް ހިނގާހާ ހިނދަކުވެސް، މި ރާއްޖޭގެ ޤާނޫނީ ވެރިކަން ވެއްޓި، އެހެން އޮތަކަ އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުދޭނަން" 8 ފެބްރުއަރީ 2012 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ 100 ވަނަ ގައުމީ މަޖިލިސް ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ގައުމީ މަޖިލިސް ބައްދަލުވުމަށްފަހު އެމްޑީޕީގެ އިސްވެރިންނާއިއެކު ސަޕޯޓަރުން މިސްރާބުޖެހީ އެމްޑީޕީގެ ހަރުގެޔާއި ދިމާއަށެވެ. އެމްޑީޕީގެ ހަރުގެ ކައިރިއަށްގޮސް ސުލްހަވެރި ހިނގާލުމަކަށް ނިކުންނަކަން ރައީސް ނަޝީދު އިޢުލާން ކުރެއްވިއެވެ. އެއާއިއެކު އެކި ދިމާދިމާލުން މީހުންތައް މަގުމައްޗަށް ނިކުމެ އެމްޑީޕީގެ އެއްވުމުގައި ބައިވެރިވަމުން ދިޔައެވެ.
ރާއްޖޭގެ ތާރީހުން އެހާ ފާޅުކަން ބޮޑުގޮތެއްގައި ނިކުމެ ދިވެހި ދިފާޢީ ބާރުން އެހާ އަނިޔާވެރިކޮށް ކަންތައްކުރިތަނެއް އަދި ނުދެކެމެވެ. ހީނުކުރާވަރުގެ އަނިޔާވެރި ކަމާއިއެކު މުގުރު ބުރިތަކާއި ކަރުނަ ގޭހާއި ޝީލްޑް ހިފައިގެން ގައުމީ ދިފާޢީ ބާރުން އެމްޑީޕީގެ ލަސްކަރާއި ކުރިމަތި ލިޔެއެވެ.
ރައީސް ނަޝީދު ކޮއްޕާ ގަޅުވަމުން ގެންދިޔަތަނުގެ ފޮޓޯ އާއި ވީޑިއޯ އަދިވެސް އެހުރީ ފެންނާށެވެ. މިއަދުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދެމިތަންވެސް އެހުރީ ފެންނާށެވެ. ރައްޔިތުމީހާގެ ދަތްދޮޅިއަށް މުގުރިބުރި ހެރިތަންވެސް އެހުރީ ފެންނާށެވެ. ރައްޔިތުމީހާ ބިންމައްޗައް ވެއްޓިފައި ހުއްޓާ ފައިން ތެޅިތަންވެސް އެހުރީ ފެންނާށެވެ.

ހަޤީގަތުގައިވެސް ހިތާމަވެރި ދުވަހެކެވެ. ރައްޔިތުންނަށް ހިމާޔަތް ދޭން ތިބި ބައެއްގެ ފަރާތުން އެހާ އަނިޔާވެރިކަމެއް ފެންނާނެކަމަކަށް ހީވެސް ނުކުރެވެއެވެ. މިއަދު އެ ވީޑިއޯތައް ފެނުމުން އެކަމަށް އޯޑަރު ދިން މީހުންވެސް އެކަން ކުރި މީހުންވެސް ލަދުގަންނާނެއެވެ. ކަރުނަގޭސް ޖެހީ ރައްޔިތުމީހާގެ ލޮލާ ކައިރިކޮށްފައި ސީދާ ލޮލަށެވެ.
ކުރި އަނިޔާގެ ސަބަބުން އައިޖީއެމްއެޗް އަށް ބާރު ބޮޑުވެގެން ދިޔައެވެ. އެތައް ބަޔަކަށް އަނިޔާވެ އައިޖީއެމްއެޗް އަށް ފަރުވާ ދޭން ގެންދިޔައެވެ. އައިޖީއެމްއެޗް އެމަޖިންސީ ރޫމް ފުރިގެން ބޭރުގައިވެސް ފަރުވާ ދެމުންދިޔައެވެ. އައިދީއެމްޗުން ފެންނަމުން ދިޔައީ ލެއިން ފޯވެފައިވާ މީހުންނެވެ. އިވެމުންދިޔައީ އަނިޔާއަށް ކެތްނުކުރެވިގެންނާއި ބިރުން ގޮސް މީހުންގެ ރުއިމުގެ އަޑެވެ.
އެދުވަހު ހިންގި ހަމަނުޖެހުންތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފުލުހުންގެ އިމާރާތްތަކާއި ކޯޓުތަކާއި ކައުންސިލް އިދާރާތަކަށް ގެއްލުންދީ، ހުޅުޖަހައި، އަންދާލިއެވެ.




2 Responses
އަނިޔާ ވެރިވީ ކޮންބައެއްކަމާ ،ގައުމުގައި ފަސާދަ އުފައްދަން ދޮގު ވާހަކަ ފެތުރީ ކޮން ެނަލް އަކުން ކަން ދިވެހިން އެދުވަހު ތިބީބަލަން ..ދަތުވެރިންގެ މާރުކާޓާއި ހަމަމއިން ލޮލައް ބޮލައް އަރައިގަތީ ކޮންބައެއް ..ސަލާމަތީ ބާރުަތަކުން ނެއް ނޫން އެއްޗެހި އުކާ ހަޑިހުތުރު ބަހުން މުހާތިބު ކުރީ އަހަރެން ނަކީ ވެސް އެދުވަހު އެތަނުގައި ހުރި މީހެއް ..އެމްޑީޕީ މީހުން ފުރަތަމަ އިސްވެ ހަމަލާދީ.. ދެން ކަނޑައެޅިގެން ދޮގު ހަބަރު ފަތުރަމުން ދިޔައީ ރާއްޖޭ ޓީވީ އިން .. ފަސްމީހުނައް ސަލާމަތީ ބާރުތަކުން ހަމަލާދީ އަނިޔާ ކޮއްމަރާލާފި ކމައް ރާއްޖެޓީވީ ގެ ޕްރެޒެންޓަރު ކިޔަމުން ދިޔަ އިރު ރަނިންބާ ގައި އަރުވަމުން ދިޔަ 8 ފެބްރުއަރީ ގައި ހިގާ ދިޔަ ހުރިހާ ހަމަ ނުޖެހުމުގެ ޒިންމާ އުފުލަން ޖެހެ ފަރާތަކީ އެމްޑީޕީ ގެ މިހާރުގެ ރއަީސް ކެނެރީގޭ މުހައްމަދު ނަޝީދު… މިއަދުވެސް ގައުމުގައި ހިގަމުން މިދާ ހުރިހާ ހަމަ ނުޖެހުމެއްގެ ޒިންމާ އެންމެ ބޮޑައް އުފުލަން ޖެހޭ ފަރާތަކީ އެމްޑީޕީ ގެ އިސްފަރާްތައް، އަންނި، މައުމޫން، ގާސިމް އަދި ޔާމީން .. ދިވެހި ސަލާމަތީ ބާރުތަކުން 8 ފެބުރއަރީ ގައި ނުކުތީ ގައުމު ދިފާއުކުރުމައް އެދުވަހު ސަލާމަތީ ބާރުތަކުން އެކުރީ ޝުކުރު ވެރިވުން ހައްގު ޖިހާދެއް
Not aniyaa veri. Qaumah takai nikuiy dhuvaheh. Qaumu ge himaayath ga nikuthee.