އުކުޅަހުން ގެއްލުނު ކުޑަ ކުއްޖާ ފެނުނީ ޖެޓީ ސަރަހައްދުން - ފުލުހުން

ރޭ އއ. އުކުޅަހުން ގެއްލުނު އަންހެން ކުއްޖާ ފެނިފައިވަނީ އެރަށު ޖެޓީ ސަރަހައްދުން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ މެންދަމު އުކުޅަހުން ގެއްލިފައިވަނީ އުމުރުން 18އ ނުފުރޭ ކުޑަ އަންހެން ކުއްޖެކެވެ.

ދާދި ދެންމެ ފުލުހުން ވިދާޅުވީ، އުކުޅަހުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ގެއްލިގެން ރޭ 12:08 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މި ރިޕޯޓާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވޭ. އޭގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކުއްޖާ އެރަށު ޖެޓީ ސަރަހައްދުން ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ