ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށްކުޅޭ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް ފަށައިފިއެވެ.
ފެބްރުއަރީ 16 ން މާރިޗު 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގައި 23 ޓީމަކުން އަދި އަންހެން ޑިވިޜަންގައި 6 ޓީމަކުން ބައިވެރިވެފައިވެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަން ކުރިއަށްދަނީ 5 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު ދެވަނަ ބުރަށް ދާގޮތަށެވެ. އަދި ގުރޫޕްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ދެވަނަބުރުން ފުރުޞަތު ލިބިގެންދާނެއެވެ.
އަންހެން ޑިވިޜަން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ދާގޮތަށެވެ.
ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ކުޅުން ކުރިއަށްދަނީ އެފްއޭއެމް މިނީ ޓާފް ދަނޑުގައެވެ.



