ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް | ފޮޓޯ : މަޖިލިސް

ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން އަންނަ ހޯމަ ދުވަހު

ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން މިއަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞޯލިހުގެ ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދެއްވުމަށް އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދައީރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެދިލައްވާފައި ވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ ހޯމަ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް ކަމަށާއި އެދުވަހު ރައީސް ޞޯލުހުގެ ރިޔާސީ ބަޔާނަށް ކިޔުއްވާނެ އެއްޗެއް ކިޔުއްވުމަށް ދޫކޮށްލައްވާނެ ކަމަށެވެ. އެހެންނަމަވެސް އެބާޔަނަކީ ވަކި ތަޖުވީދަކަށް އޮންނަ ބަޔާނަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ނޫން ދެން އެންމެ މެންބަރުން ގިނަ ޕާޓީން ނެވެ.

ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ޕީޕީއެމަށް ސޮއިކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ވަނީ ލިބިވަޑައި ގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ