ގެއްލިގެން ހުށައަޅާފައިވާ ސައިކަލެއް ވަލުތެރެއިން ހޯދައިފި

ގެއްލިގެން ފުލުހުންނަށް ހުށައަޅާފައިވާ ސައިކަލެއް ހިތަދޫ ވަލުތެރެއިން ހޯދައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ސައިކަލް ހޯދާފައިވަނީ 2020 ފެބުރުވަރީ 19 ވަނަ ދުވަހުގެ 22:00 ހާކަންހާއިރު، ހިތަދޫ ޕޮލިސް އިން ޕެޓްރޯން ކުރަމުންދިޔައިރުކަމަށެވެ. "ހިތަދޫ އިން ގެއްލިގެން ހުށައަޅާފައިވާ ސައިކަލް އެއް ވަލުތެރެއިން ހޯދާފައިވަނީ" ފުލުހުން ވިދާޅުވިއެވެ.

އެ ސައިކަލް މިހާރު ވަނީ ޓޯވ ކޮށަފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސައިކަލް ވަގަށް ނެގުމަކީ ރާއްޖޭގައި އާންމުކޮށް ހުށައެޅޭ މައްސަލައެކެވެ. ސައިކަލް ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއް ފާއިތުވި އަހަރު ފުލުހުންނަށް ހުށައަޅާފައިވާއިރު، މިފަދަ ކަންކަން މަދު ކުރުމުގެ ގޮތުން ފުލުހުން ވަނީ ހަރަކާތްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

ސައިކަލު ވަގަށް ނެގުން ހުއްޓުވުމާއި ސައިކަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސައިކަލުގެ ވެރިފަރާތުން ނުވަތަ އެސައިކަލެއް ދުއްވާ ފަރާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ސައިކަލު ޕާކުކޮށްފައި ބަހައްޓާއިރު ހުންގާނު ލޮކްކޮށް އަދި އެއާއެކު ޝަޓަރ ލޮކް ކޮށްފައި ބެހެއްޓުމާއި ސައިކަލުގައި އެލަރމް ލޮކް ހަރުކުރުމާއި އަދި ސައިކަލު ހުރި ލޮކޭޝަން އެނގޭނެހެން ޖީޕީއެސް އެއް ކަހަލަ ޑިވައިސްއެއް ހަރުކޮށްފައި ބެހެއްޓުމާއި ގޮތް ނޭނގޭ މީހުންނާ ސައިކަލު ހަވާލުނުކުރުމަށާއި އަދި ސައިކަލު ޕާކު ކުރާއިރު އެކަހެރިކޮށް ހުންނަ ތަންތަނުގައި ސައިކަލު ޕާކު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ