"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ބިން ނުލިބި ހުރި ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

"ވެށި ފަހި މާލެ ޕްރޮގްރާމް" ބިން ނުލިބި ހުރި ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ފަށައިފިއެވެ.

އެގޮތުން އެމިނިސްޓްރީއިން މިއަދު އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 2010 ވަނަ އަހަރު ފެށި ހިޔާވަހިކަމުގެ މަޝްރޫޢު " ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި މި މަސައްކަތް ކުރުމަށްޓަކައި މިފަދަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާތީ، ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ ތެރެއިން

  • ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތައް
  • މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތައް

އެމިނިސްޓްރީއަށް އެކަން ލިޔުމުން ހުށަހެޅުއްވުން އެދޭކަމަށް ހައުސިން މިނިސްޓްރީގެ އިޢުލާނުގައިވެއެވެ.

އަދި ލިޔުން ހުށަހެޅުމުގެ ފުރުޞަތު 24 ފެބުރުއަރީ 2020 ވަނަ ދުވަހުން ފެށިގެން 22 މާރިޗު 2020 ވަނަ ދުވަހުގެ ގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ހައުސިން މިނިސްޓްރީއިން ވިދާޅުވީ، އެމިނިސްޓްރީއަށް ހުށަހަޅާ ލިޔުމާއެކު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، ''ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުން'' އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އިތުރުން ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީވެސް ހުށަހަޅަން ޖެހޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ