ކުރީގެ އަނބިމީހާގެ އެކައުންޓުން ލައްކައެއްހާ ރުފިޔާ ވަގަށްނެގި އަނީލްއަށް ޖަލު ހުކުމެއް

ކުރީގެ އަނބިމީހާގެ އެކައުންޓުން ލައްކައެއްހާ ރުފިޔާ ވަގަށްނެގި ވިލިމާލެ، އަލިއުދަރެސް، އުމުރުން 40 އަހަރުގެ އަނީލް ޢަލީއަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އަނީލްގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެ، ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާގެ ކުރީގެ އަންހެނުން ހ.ނޫމަތި، އައިޝަތު ނޫރާ މުޙައްމަދުގެ އެކައުންޓުން 97900ރ ވަގަށް ނެގިކަން ސާބުތުވުމާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަށް ބަލާއިރު، އޭނާ ވަނީ އެކި ފަހަރުމަތިން އޭނާގެ ކުރީގެ އަންހެނުންގެ އެކައުންޓުން، ވަރިވިފަހުން، އިންޓަނެޓް ބޭންކް މެދުވެރިކޮށް އެކި މީހުންނަށް ފައިސާ ޓްރާންސްފަރ ކޮށް އެ ފައިސާ ބޭނުންކޮށްފައެވެ. '

މި ދައުވާ ލިބޭ އަނީލް މި ވައްކަން ކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރާ މީހުން އަތުން މުދާ ގަންނަން ބޭނުންކަމަށް ބުނެ، އޭޓީއެމް ކައިރިއަށް ގެނައުމަށްފަހު އެވަގުތު ފައިސާ ނެގެން ނެތްކަމަށް ބުނެ މުދާ ވިއްކާ ފަރާތަށް ބޮޑެތި އަދަދުތަކުން ފައިސާ ޓްރާސްފަރ ކޮށްގެންނެވެ.

މި ދައުވާއަށް އަނީލް އިންކާރުކޮށްފައި ވީމަނަވެސް، އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ޝަފަވީ ހެއްކާއި ކިތާބީ ހެކިން ވައްކަމުގެ ކުށް ސާބުތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަނީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރުމުން، ވީހާވެސް ލުއި އަދަބެއް ދިނުމަށް އޭނާ ކްރިމިނަލް ކޯޓުގައި އެދިފައިވާއިރު، ގާޟީ ވިދާޅުވީ، އަދަބު ލުއިވާނެ އަދި މަތިވާނެ ހާލަތެއް ނެތްކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވަނީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

4 Responses

  1. Jam

    Haadha agu bodey dho. Agu
    Bodu centu fenuneema egeynetha

  2. Hgchn

    Eh lakka rufiya vagah negeema ves enme ahareh? Rihaakuru fulhi vagah negi meehaa ves 5 aharu! Huh

  3. Gabulhibe

    Imputate his arm

    • Haali

      Amputate

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ