ރައީސް ޔާމިން ފުލުހަށް ހާޒިރުކޮށްފި

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

އެމަނިކުފާނު ފުލުހަށް ހާޒިރު ކޮށްފައި މިވަނީ އިތުރު މައްސަލަތަކެއްގެ ތަޙްޤީޤަށެވެ.

އެމަނިކުފާނުގެ ޤާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އިއްޔެ ވިދާލުވެފައިވަނީ ރައީސް ޔާމީން އިތުރު ދެ މައްސަލައެއްގެ ތަޙްޤީޤަށް މިއަދު 14:00 އަށް ފުލުހަށް ހާޒިރު ކުރުމަށް އަންގާފައިވާކަމަށެވެ.

ނަމަވެސް އެމަނިކުފާނު މިއަދު ފުލުހަށް ހާޒިރުކޮށްފައި މިވަނީ ކޮންމައްސަލަ ތަކެއްގެ ތަޤީޤަށްކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަގާއި މަނީލޯންޑްރިންގެ ކުއް ސާބިތުވެ އެމަނިކުފާނު މިހާރު ދަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި މީގެ އިތުރުން މި މައްސަލާގައި ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާވެސް ކުރައްވާފައެވެ.

ރައީސް ޔާމިން ފުލުހުން ހާޒިރު ކުރި މައްސަލާގައި ފުލުހުން އަދި ވަކިއެއްޗެއް ވިދާލުވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ