ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓް އެއް ހިނގައިފި

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓް އެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޓެކްސީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ކާރާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މިހާދިސާގައި އާއި ގުޅިގެން ފުލުހުން ވިދާޅުވީ، ހުޅުމާޅެ ރީތިގަސް މަގާއި އަސުރުމާ ހިނގުން ގުޅޭ ހަތަރުގޯޅި ކަންމަތީ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓްވެފައިވާކަމުގެ މަޢުލޫމާތު މިއަދު ހަވީރު 04:25 އެހާކަށްހާއިރު ލިބިފައިވާކަމަށެވެ.

އަދި މިއެކްސިޑެންޓްގައި ސައިކަލު ދުއްވަން އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނާއަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަނަމަވެސް، މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާވެއްފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއެކްސިޑެންޓް ހިނގިއިރު ދެއުޅަނދު ދުއްވަން ހުރި މީހުންގެ އަތުގައިވެސް ލައިންސަސް އޮވެއެވެ.

ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ