ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި މަސައްކަތް ކުރުމަށް އަދިވެސް ގިނަ އޮފިޝަލުންތަކެއް ބޭނުންވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެގޮތުން އެ ކޮމިޝަނުން ހާމަ ކުރެއްވި ގޮތުގައި 6،386 އޮފިޝަލުން މި އިންތިޚާބުގައި ބޭނުންވާއިރު، މިހާތަނަށް ލިބުނީ 4،041 އޮފިޝަލުން ކަމަށެވެ. އެހެންކަމުން މި އިންތިާޚާބަށް އިތުރު 2،340 އޮފިޝަލުން އަދި ބޭނުންވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އެކޮމިޝަނުން ވިދާޅުވީ އިތުރު އޮފިޝަލުން ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކުންފުނިތަކާ އެކު މަޝްވަރާކުރަމުންދާކަމަށެވެ.
އީސީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އޮފިޝަލުންނަށްވުމަށް ޝައުގުވެރިވާ މީހުން އެކަމަށް ކުރިމަތިލާން އެދޭ ކަމަށާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޮތަސް އޮފިޝަލަކަށްވުމަށް ހުރަހެއް ނެތްކަމަށެވެ.
އެހެން ފަހަރުތަކާއި ޚިލާފަށް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޭ އެލެވެންސް މިފަހަރު ވަނީ ބޮޑުކޮށްފައެވެ.




