ރައީސް ޔާމީން މިއަދު ކޯޓަށް ގެންދިއުމަށް މާލެ ގެންނަނީ | ފޮޓޯ : މިހާރު

ރައީސް ޔާމީން 1 ގަޑި އިރަށް ގެޔަށް ގެންގޮސްފި

މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 1 ގަޑި އިރަށް ގެޔަށް ގެންގޮއްސި އެވެ.

މިއަދު ހައި ކޯޓުގައި އޮތް ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތަށް ހައި ކޯޓަށް ހާޟިރުކުރުމަށްފަހު ޔާމީން ގެޔަށް ގެންދިޔައީ ޔާމީންގެ އެދުމަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޔާމީނާއިއެކު ކަރެކްޝަންސްގެ މުވައްޒަފުންނާއި ފުލުހުންވެސް ޔާމީންގެ ގެޔަށް ވަޑައިގެންނެވި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ފުލުހުންގެ އެދުމަކަށް ފުލުހުންގެ އިދާރާއަށް ވެސް ރައީސް ޔާމީން ގެންގޮއްސައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު ހައިކޯޓުގައި ކުރިޔަށް ގެންދިޔަ ރައީސް ޔާމީންގެ އިސްތިއުނާފްގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި 75 އިސްތިއުނާފީ ނުކުތާ އަށް ދައުލަތުން ވަނީ ޖަވާބު ދާރީ ވެފައެވެ.

މިދިޔަ ނޮވެމްބަރު 28 ވަަނަ ދުވަހުން ފެށިގެން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ވަނީ 2 ފަހަރު ބޭސް ފަރުވާއަށް މާލެ ގެނެސްފައެވެ. އަދި ދެ ފަހަރު ފުލަހަށް ހާޒިރުކޮށްފައި ވާއިރު، 5 ފަހަރު ކޯޓަށް ހާޒިރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ